ހަބަރު

ސިހުރު ހަދަން ގެންގުޅޭ ސާމާނު ކުޅުދުއްފުށީ އަށް ގެއަކުން ހޯދައިފި
ކުޅުދުއްފުށި ސިޓީގައި ސިހުރުހެދުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސިހުރުހަދަން ގެންގުޅޭ ސާމާނުތައް ހޯދައިފިއެވެ.

މަޖިލިސް ރައީސް އާއި ޕީއެންސީ ޕީޖީ ލީޑަރާ ރައީސް ބައްދަލުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ގުޅުން ގޯސްވި ފަހުން ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ކާބޯތަކެތި އިސްތިހާރު ކުރުމާ ގުޅޭ ހަރުކަށި ގަވާއިދެއް އެކުލަވާލައިފި
ބޮޑެތި ޖޫރިމަނާތަކާއެކު ކާބޯތަކެތި އިޝްތިހާރުކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް ރާއްޖޭގެ ފުޑް އެންޑް އޮތޯރިޓީން އެކުލަވާލައިފި އެވެ.

ޤުރުއާނަށް ކުޑައިމީސްކުރި އެއްޖިންސުން ގުޅުން ހިންގާ އިމާމު މަރާލައިފި
ގުރުއާނުގައި އެއް ޖިއްސުން ގުޅުން ހިންގުމާ ދެކޮޅުކަމުން ގުރުއާން ބަދަލުކުރަން ވެސް މޫސާ ގޮވާލާފައިވާ ދެކުނު އެފްރިކާގެ އިމާމް މޫސާ ހެންޑްރިކްސް އިއްޔެ މަރާލައިފި އެވެ.

36 ރަށުގައި ކުލަ ބޮލި ދިއްލަން 28 މިލިއަން ރުފިޔާ ޚަރަދު ކުރަން ނިންމައިފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ އީދު ލައިޓް ނުލިބޭ 36 ރަށަކަށް މި އަހަރުގެ ބަޖެޓުން 28 މިލިއަން ރުފިޔާ ހޭދަކުރަން ނިންމައިފި ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީން ހިންގި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި، 46 ކުދިން ތަމްރީންކުރި
އެޗްޑީސީން ހަ ދާއިރާއަކުން މީހުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ 'އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024' ނިންމައި، ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ކުޑަކުދިން ގޭންގްތަކާ ގުޅެނީ އާއިލާއިން ރައްކާތެރިކަމާއި އަޅާލުން ނުލިބޭތީ: ޕޮލިސް
އެކި ކުށްތައް ކުރާ ގްރޫޕުތަކާ ކުޑަކުދިން ގިނަ ފަހަރަށް ގުޅެނީ އާއިލާގެ ފަރާތުން ލިބެން ޖެހޭ ރައްކާތެރިކަމާއި އަޅާލުން ނުލިބޭތީ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްލާހީ ފިޔަވަޅުތައް އަވަސް ނުކޮށްފިނަމަ ރާއްޖެއަށް އޮތީ ބަނަ ދުވަސްތަކެއް ކަމަށް އައިއެމްއެފުން އިންޒާރު ދީފި
މާލީ އިސްލާހީ ފިޔަވަޅުތައް އަވަސް ނުކޮށްފިނަމަ، ރާއްޖޭގައި މުދަލާއި ހިތުމަތުގެ އަގު އިންތިހާއަށް އުފުލުމުގެ ބިރު އޮތްކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.
ެއެސްޓީއޯ ސްޕަމާކެޓްގެ ނަމުގައި ފޭކް ޕޭޖަކުން ބޮޑު ސްކޭމްއެއް! ސަމާލުވޭ!
އެސްޓީއޯ ސުޕަމާރކެޓްގެ ނަމުގައި "ފޭކް" ފޭސްބުކް ޕޭޖެއް ހަދައިގެން ބޮޑު ސްކޭމްއެއް ހިންގަން ފަށައިފިއެވެ.

މަޖިލިސްގެ ރައީސް ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވާ ވިދާޅުވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޑިގްރީ ކޯހެއްގައި ކިޔަވާ ވިދާޅުވާން ފެއްޓެވުމަށް ބައިވެރިވެވަޑައިގެންފި އެވެ.

ްޤާނޫނު އަސާސީ އިސްލާހު ކުރެވޭނީ މަޖިލީހަށް އެކަމަކު ޤާނޫނު އަސާސީ ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ރައީސް ނަޝީދު
ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމަށް އަމްޖަދު މުސްތޮފާ ހަމަޖައްސައިފި
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމަށް އަމްޖަދު މުސްތޮފާ ހަމަޖައްސައިފި އެވެ.
