ހަބަރު

ވިޔަފާރީގައި ލަންކާ އާއި ރާއްޖެއިން ރުފިޔާ އާއި ރުޕީސް ބޭނުންކުރުމާ ބެހޭ މަޝްވަރާތަކެއް
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވިޔަފާރީގެ މުއާމަލާތުގައި ދިވެހި ރުފިޔާ އާއި ލަންކާގެ ރުފީސް ބޭނުންކުރުމަށް، ސްރީލަންކާއިން ދިވެހި ސަރުކާރަށް މިއަދު ހުށަހަޅައިފި އެވެ

ދިވެހި އަންހެނަކު ތިން ފިރިން ތިބޭ ކަމުގެ މައްސަލައެއް ފާހަގަކޮށްފި
ރާއްޖޭގެ އަންހެނަކުގެ 3 ފިރިން ތިބޭ ކަމަށް ބުނާ މައްސަލައެއް ފާހަގަވެފައިވާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ.

ފަރުވާގެ ނިޒާމަށް މީހުން އަވަހަށް ވެއްދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމަށް މީހުން ވެއްދުމުގެ މަރުހަލާ އަވަސްކުރުމަށްޓަކައި، ކަމާގުޅޭ އިޖުރާއަތުތައް ހަލުވި ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މާލޭގެ މަގުތަކުން އަނެއްކާވެސް ގިނަ އަދަދެއްގެ ވެހިކަލް ނަގައިފި
ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން 450އަށް ވުރެ ގިނަ އުޅަނދު މިހާތަނަށް ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ޑީޕޯޓްކޮށްލާނެކަން އިއުލާންކޮށްފި
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް (އިނގިލީގެ ނިޝާނާއި ފޮޓޯ) އަޕްޑޭޓްކުރަން މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި މައުލޫމާތު އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކޮށްލާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

1.8 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް އެ އައްޑޫ ސިޓީއަށް ގެންގޮސްފި
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް އެ ސިޓީއަށް ގެންގޮސްފިއެވެ.

މަސްތުބާތަކެތި އެތެރެކުރި ޗައިނާ މީހަކު ހައްޔަރުކޮށްފި
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެެރެކުރި މައްސަލާގައި ޗައިނާގެ މީހަކު ހައްޔަރުކޮށްފި އެވެ.

ސުޕްރިމް ކޯޓުގެ ނިންމުމާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ނުބާއްވާ ކަމަށް ސަރުކާރުން ބުނެފި
ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ނުބާއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

އައިޑީ ކާޑުގައި ހުޅުމާލެ ޖެހުމުގެ ބަދަލުގައި "ހމ" ޖަހަން ފަށަނީ
އައިޑީ ކާޑުތަކުގައި އެޑްރެސްގެ ގޮތުގައި ހުޅުމާލެ ލިޔުމުގެ ބަދަލުގައި ކުރުކޮށް ހމ. ޖަހަން ފަށަން ނިންމައިފި އެވެ.

އާސަންދައިން ބޭހަށްކުރާ ޚަރަދު ކުޑަކުރުމަށް އަނެއްކާވެސް ފިޔަވަޅު އަޅަނީ، މުޅި މަންޒަރުން ފެންނަނީ އެސްޓީއޯއަށް ބޭހުގެ ކޮންޓްރޯލް ފަހުކޮށްދޭކަން
އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި، އާސަންދައިން ބޭހަށްކުރާ ހަރަދު ކުޑަކުރުމަށް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ކާޑެއްދޫ އެއާޕޯޓް ދޫކޮށްލަން ވިލާއިން ތައްޔާރު!
ސަރުކާރުން ވަކި ގޮތެއް ބޭނުންވާ ނަމަ އެގޮތަކަށް އެއްބަސްވެ، ކާޑެއްދޫ އެއާޕޯޓު ދޫކޮށްލުމަށް ވިލާ އެއާއިން ތައްޔާރަށް އޮތް ކަމަށް އެ ގްރޫޕުގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރޯދަ އިނާޔަތް ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިލްތިމާސްކޮށްފި
ވަޒީފާއާބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
