މާލެ: 31°C

ކުރީއަހަރަށްވުރެ މިއަހަރު ފެބްރުއަރީމަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު މަދުވެއްޖެ

March 7, 2025
102 ފަހަރު ބަލާފައި
ކުރީއަހަރަށްވުރެ މިއަހަރު ފެބްރުއަރީމަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު މަދުވެއްޖެ
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މަދުވެއްޖެ އެވެ.

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މަދުވެއްޖެ އެވެ.

ކުރީއަހަރަށްވުރެ މިއަހަރު ފެބްރުއަރީމަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު މަދުވެއްޖެ އެވެ.

މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 217،391 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 214،091 ޓޫރިސްޓުންނެވެ.

ފެބްރުއަރީމަހު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ރައްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު 1.5 އިންސައްތަ ދަށްވި ނަމަވެސް މިއަހަރުގެ ޖެނުއަރީމަހާއި ފެބްރުއަރީ މަސް އެއްކޮށްލުމުން މިދިޔަ އަހަރުގެ ޖެނުއަރީމަހާއި ފެބްރުއަރީމަހާ އަޅާ ބަލާއިރު މިއަހަރުގެ އަދަދު އުޅެނީ މަތީގައެވެ.

އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހު ރާއްޖެއަށް 409،777 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މި އަހަރުގެ ފުރަތަމަ ދެ މަހު ރާއްޖެ އަށް ޖުމްލަ 428،954 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.

އިމިގްރޭޝަނުން އާންމު ކުރި ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ފަސް ގައުމަކީ ގައުމުތަކަކީ ވައިނާއާއި، ރަޝިޔާ އާއި، އިޓަލީ، ޖަރުމަން އަދި އިނގިރޭސިވިލާތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ