ފަލަސްތީނުން ރައްޔިތުން ގާޒާގެ ބިމުން ބާލަން އުޅޭ މައްސަލާގައި ބާއްވާ، އޯއައިސީގެ ފޮރިންގ މިނިސްޓަރުންގެ ހާއްސަ ބައްދަލުވުމުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ.
އެކަން ހާމަކޮށް ފޮރިން މިނިސްޓްރީން ބުނެފައިވަނީ ފަލަސްތީނުގެ ގާޒާގެ ރައްޔިތުން އެމީހުންގެ ބިމުން ނެރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ގެ ފޮރިންގ މިނިސްޓަރުން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކައުންސިލް ގައި ބައިވެރިވަޑައިގަތުމަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ ސައިދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
އެ މައްސަލަ އާއިގުޅޭގޮތުން އަރަބް އިސްލާމީގައުމުތަކުގެ ފޮރިންގ މިނިސްޓަރުންވެސް ވަނީ ބައްދަލުވުމެއްބާއްވާފައެވެ. ނަމަވެސް ސިއްރުން ބޭއްވި އެބަދަލުވުމުގައި ނިންމާފައިވާ ކަންކަން ހާމަކޮށްފައެއް ނުވެއެވެ. ގޮވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.







