މާލެ: 31°C

އަޒްމިރަލްޑާ: އޭސީސީން ބަލަނީ އަސާސެއް ނެތް މައްސަލަތަކެއް

March 6, 2025
239 ފަހަރު ބަލާފައި
އަޒްމިރަލްޑާ: އޭސީސީން ބަލަނީ އަސާސެއް ނެތް މައްސަލަތަކެއް
ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ޖިނާއި ތަހުގީގަކީ އަސާސެއް އޮތް ތަހުގީގެއްކަމާ މެދު ސުވާލު އުފައްދައި، އަސްލެއް އަސާސެއް ނެތި އުފައްދާފައިވާ ހާލަތެއް ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.

ފަނޑިޔާރު އަޒްމިރާލްދާއާ ގުޅޭ ގޮތުން ޖިނާއި ތަހުގީގެއް ހިންގަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އަދި މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނެ ޖޭއެސްސީން ދަނީ އަޒްމިރާލްދާގެ ސުލޫކީ މައްސަލައެއްވެސް ބަލަމުންނެވެ.

އެހެންވެ ފެބްރުއަރީ 26 ވަނަ ދުވަހުން ފެށިގެން އަޒްމިރާލްދާ ހިމެނޭޙެން ފަނޑިޔާރު މަހާޒު އަލީ އަދި ފަނޑިޔާރު ހުސްނުއްސުއޫދު ހުންނެވީ ސަސްޕެންޝަންގަ އެވެ. އެކަމަކު ފަނޑިޔާރުކަމުގެ މަގާމުން ސުއޫދު ވަނީ އިސްތިއުފާދެއްވާފަ އެވެ.

އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލްގެ ފަރާތުން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ވަނީ އަޒްމިރާލްދާ އަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، ސުލޫކީ މައްސަލައެއް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށް ބުނެފަ އެވެ.

ލަތީފްގެ ބަންދުގެ މައްސަލާގައި އަޒްމިރާލްދާ ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް ބަޔާނުގައި ބުނީ އެ މައްސަލާގައި އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާނެ ކަމަށާއި، އަދި ނުފޫޒު ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާއެކު ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ އަޒްމިރާލްދާ ސަސްޕެންޝަނުގައި ހުންނަވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވިއިރުވެސް ބަލަމުން ދަނީ ކޮން މައްސަލައެއްކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ