މާލެ: 31°C

ޤުރުއާނަށް ކުޑައިމީސްކުރި އެއްޖިންސުން ގުޅުން ހިންގާ އިމާމު މަރާލައިފި 

February 20, 2025
103 ފަހަރު ބަލާފައި
ޤުރުއާނަށް ކުޑައިމީސްކުރި އެއްޖިންސުން ގުޅުން ހިންގާ އިމާމު މަރާލައިފި 
ގުރުއާނުގައި އެއް ޖިއްސުން ގުޅުން ހިންގުމާ ދެކޮޅުކަމުން ގުރުއާން ބަދަލުކުރަން ވެސް މޫސާ ގޮވާލާފައިވާ ދެކުނު އެފްރިކާގެ އިމާމް މޫސާ ހެންޑްރިކްސް އިއްޔެ މަރާލައިފި އެވެ.

ގުރުއާނުގައި އެއް ޖިއްސުން ގުޅުން ހިންގުމާ ދެކޮޅުކަމުން ގުރުއާން ބަދަލުކުރަން ވެސް މޫސާ ގޮވާލާފައިވާ ދެކުނު އެފްރިކާގެ އިމާމް މޫސާ ހެންޑްރިކްސް އިއްޔެ މަރާލައިފި އެވެ.

ބައިނަލް އަގުވާމީ މީޑިއާތަކުން މައުލޫމާތު ފަތުރާފައިވާ ގޮތުގައި، މޫނު ނިވާކޮށްގެން ތިބި ދެ މީހުން ގޮސް މޫސާގެ ގަޔަށް ބަޑި ޖަހައި މަރާލީ އޭނާ ކާރެއްގެ ތެރޭގައި އިންދަ އެވެ. އެ ހަމަލާއަށް ފަހު އެދެ މީހުން ވަނީ ޓްރަކެއްގައި ފިލާފަ އެވެ. 

މޫސާ ވަނީ އެއް ޖިއްސުން ގުޅުން ހިންގާ ދެ އަންހެނުންގެ ކައިވެނިވެސް ކޮށްދީފަ އެވެ.

ޕާކިސްތާނުން ދީން ކިޔެވި މޫސާއަކީ އެއް ޖިންސުގެ މީހުންނާ ގަޔާވާ މީހެއްކަން އާންމުކޮށް އިއުލާންކުރީ 1996 ވަނަ އަހަރު އެވެ. އެއާއެކު ދެކުނު އެފްރިކާގެ މުސްލިމުން ވަނީ އޭނާ ބޮއިކޮޓްކޮށްފަ އެވެ. އެހެންވެ އޭގެ ފަހުން މޫސާ އުޅުނީ ވަކި ޖަމާއަތެއް ހަދައިގެން ވަކި މިސްކުތެއްގަ އެވެ.

މޫސާއަކީ އެއް ޖިންސުން ގުޅުން ހިންގާކަން ފާޅުގައި ދުނިޔެއަށް އިއުލާންކުރި ފުރަތަމަ އިމާމުވެސް މެއެވެ.

އެއް ޖިންސުން ގުޅުން ހިންގާކަން އިއުލާންކުރުމުގެ ކުރިން މޫސާ ވަނީ އަންހެނަކާ ކައިވެނިކޮށް ތިން ދަރިން ލިބިފައި ވެއެވެ. އެކައިވެނި ފަހުން ރޫޅުނެވެ. އަދި އޭނާ މަރާލިއިރު އުޅުނީ ހިންދޫ ދީނުގެ ފިރިހެނަކާ ކައިވެނިކޮށްގެން ނެވެ.


 

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ