މާލެ: 31°C

މަޖިލިސް ރައީސް އާއި ޕީއެންސީ ޕީޖީ ލީޑަރާ ރައީސް ބައްދަލުކުރައްވައިފި

February 20, 2025
83 ފަހަރު ބަލާފައި
މަޖިލިސް ރައީސް އާއި ޕީއެންސީ ޕީޖީ ލީޑަރާ ރައީސް ބައްދަލުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ގުޅުން ގޯސްވި ފަހުން ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ގުޅުން ގޯސްވި ފަހުން ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ރައީސް މުއިއްޒުއާ އަބްދުއްރަހީމްގެ ގުޅުން ގޯސްވީ އަބްދުއްރަހީމްގެ ދަރިކަލުން ފައިސަލް އިބްރާހިމް، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރުމާ ގުޅިގެން ނެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެ ބޭފުޅުން ބައްދަލުވެވަޑައިގަތް ނަމަވެސް ރަސްމީ މަޝްވަރާތަކެއް ދެ ބޭފުޅުންގެ މެދުގައި ހިނގިކަމެއް އެނގިފައެއް ނުވެ އެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒުއާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއާ ރައީސް މުއިއްޒު ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

ހީނާ ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާކުރީ  ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާ ގުޅޭ ގޮތުން ކަމަށެވެ.

"މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް."ހީނާ ވިދާޅުވި އެވެ.

 

ރައީސް މުއިއްޒުއާއި އަބްދުއްރަހީމްއާ ގުޅުން ގޮސްވި ފަހުން ޕީއެންސީގެ ހަރަކާތްތަކުން ނުފެނި ދިއުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ ޕީއެންސީގެ ޖަގަހައަށް ވެސް ޒިޔާރަތްކުރައްވައިފަ އެވެ.

މި ވެރިކަން ފެށުނުއިރު އަބްދުއްރަހީމް ހުންނެވީ ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ