މާލެ: 31°C

ބޮޑު ޑްރަގް ބަސްޓެއް: 14 ކިލޯގެ މަސްތުވާތަކެއްޗާއެކު 23 އަހަރުގެ އަންހެނަކު ހައްޔަރަަށް

February 21, 2025
92 ފަހަރު ބަލާފައި
ބޮޑު ޑްރަގް ބަސްޓެއް: 14 ކިލޯގެ މަސްތުވާތަކެއްޗާއެކު 23 އަހަރުގެ އަންހެނަކު ހައްޔަރަަށް
ހުޅުމާލެ ފޭސް 1 ގައި ހުރި ގެއެއް ބަލައި ފާސްކޮށް، 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލެ ފޭސް 1 ގައި ހުރި ގެއެއް ބަލައި ފާސްކޮށް، 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ގައި ހުރި ގެއެއްގެ އެޕާޓްމަންޓެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.

އެ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު، 14 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ.

ފުލުހުން އިތުރަށް ބުނީ ޒީނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ