މާލެ: 31°C

ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާ ލަންކާ މީހަކު ރާއްޖޭގެ ފޮރިން މިނިސްޓަރާއި ހައިކޮމިޝަނަރަށް އިންޒާރުދިން މައްސަލައެއް

February 21, 2025
89 ފަހަރު ބަލާފައި
ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާ ލަންކާ މީހަކު ރާއްޖޭގެ ފޮރިން މިނިސްޓަރާއި ހައިކޮމިޝަނަރަށް އިންޒާރުދިން މައްސަލައެއް
ރަސްމީ ދަތުރެއްގައި ސްރީލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލަށް ލަންކާ މީހަކު އިންޒާރު ދިން މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.

ރަސްމީ ދަތުރެއްގައި ސްރީލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލަށް ލަންކާ މީހަކު އިންޒާރު ދިން މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.

މިނިސްޓަރު ހަލީލް ލަންކާ ދަތުރު ފެެއްޓެވި ދުވަހުން ފެށިގެން ޝޯޝަލް މިޑީއާގައި ނަދީޝް ޕެރޭރާ ކިޔާ އައިޑީއަކުން ވަނީ އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް އިންޒާރު ދެމުންނެވެ.

"އެކްސް" ގައި އެ މީހާ ކުރި އެއް ޕޯސްޓެއްގައި ބުނީ، ހަލީލު ހުންނަވާ ހޮޓަލުގައި ރޫމް ބޯއި ނުވަތަ ވެއިޓަރުގެ ސިފާގައިވެސް މަރު ގޮސްދާނެ ކަމަށެވެ.

އެހެން ޕޯސްޓެއްގައި އޭނާ ވަނީ ލަންކާގައި ހަލީލު ދުއްވާ ކާރު އެކްސިޑެންޓުވެދާނެ ކަމަށް ބުނެ ކާރު ޑްރައިވަރު ސަމާލުވުމަށް އެދިފަ އެވެ.

މިނިސްޓަރުގެ ދަތުރާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ އެކައުންޓުން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓުތަކަށްވެސް ރިޕްލައިކޮށްވެސް އިންޒާރު ދީފައިވެ އެވެ.

އޭނާ ވަނީ ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީ ދޮށަށް އެއްވެ ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާނާ ދެކޮޅަށް ލިޔެފައި ހުރި ލިޔުންތަކެއް އެމްބަސީގެ ކައިރީގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ބޮކްސްގައި ވެސް ހަރުކޮށްފަ އެވެ.

ނަދީޝްގެ ޕޯސްޓުތަކުން އެނގޭ ގޮތުގައި އޭނާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި 10 އަހަރު ވަންދެން އުޅުނު މީހެކެވެ. އޭނާގެ ދަރިއަކު ވެސް ރާއްޖޭގައި ހުރެ އެވެ.

އެކަމަކު ނަދީޝް ފަހުން ރާއްޖެއިން ޑީޕޯޓްކޮށްލުމުން މިހާރު އުޅެނީ ލަންކާގަ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ