މާލެ: 31°C

ސިހުރު ހަދަން ގެންގުޅޭ ސާމާނު ކުޅުދުއްފުށީ އަށް ގެއަކުން ހޯދައިފި

February 20, 2025
80 ފަހަރު ބަލާފައި
ސިހުރު ހަދަން ގެންގުޅޭ ސާމާނު ކުޅުދުއްފުށީ އަށް ގެއަކުން ހޯދައިފި
ކުޅުދުއްފުށި ސިޓީގައި ސިހުރުހެދުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސިހުރުހަދަން ގެންގުޅޭ ސާމާނުތައް ހޯދައިފިއެވެ.

ކުޅުދުއްފުށި ސިޓީގައި ސިހުރުހެދުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސިހުރު ހަދަން ގެންގުޅޭ ސާމާނުތައް ހޯދައިފިއެވެ.

ފުލުހުން ބުނީ މިއަދު ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން 10 ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އަދި ފާސްކުރި ގެތަކުގެ ތެރެއިން 08 ގެއަކުން ސިހުރުހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތާއި އަދި ސިހުރު ހަދަން ބޭނުންކުރާ އެކިކަހަލަ އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

ސިހުރުހަދާ މައްސަލަތަކާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މީގެ ކުރިން ވެސް އޮޕަރޭޝަންތައް ހިންގާފައި ވެއެވެ.އެގޮތުން މިދިޔަ އޮގަސްޓު މަހު ކަނޑިތީމުގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެވެ. އަދި ހަމަ މި އަހަރުގެ ޖެނުއަރީ މަހު ރ. މީދޫ އަދި އަލިފުށީގައި ވެސް އެފަދަ އޮަޕަރޭޝަންއެއް ފުލުހުން ކުރިއަށް ގެންދިޔަ އެވެ.

އަދި ފުލުހުން މިދިޔަ ހަފްތާގައި ވަނީ ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށްބުނާ މައްސަލާގައި މީހަކު ހައްޔަރުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ