މާލެ: 31°C

މެޓްރިކްސް މޯޑުގެ ގެ އަނދާ ހުލިވެއްޖެ

February 21, 2025
99 ފަހަރު ބަލާފައި
މެޓްރިކްސް މޯޑުގެ ގެ އަނދާ ހުލިވެއްޖެ
އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "ގާލެންޑް" ނަމަކަށް ކިޔާ އެ ގޭގައި ރޯވިކަމުގެ މައުލޫމާތު މިއަދު ފަތިހު 05:11 ކަންހާއިރު ލިބުމާއެކު އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ދިޔަކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ ފަޔަރފައިޓަރުން ކުރި މަސައްކަތުން، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 08:05 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

ނަމަވެސް ގޭގެ ވެރިފަރާތުން ބުނީ އަލިފާނުގައި މުޅި ގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

އެގޭގެ މީހުންނަށް ވަގުތީ ހިޔާވަހި ކަމާއި ވަގުތީ އަސާސީ އެހީތެރިކަން ސަރުކާރުން ގެންދަނީ ފޯރުކޮށްދެމުން ކަމަށް ވެއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ