މާލެ: 31°C

ކަރަންޓް ބޭނުންކުރި ވަރު 92 މެގަވޮޓަށްވުރެ މައްޗަށް: ސްޓެލްކޯ

March 6, 2025
172 ފަހަރު ބަލާފައި
ކަރަންޓް ބޭނުންކުރި ވަރު 92 މެގަވޮޓަށްވުރެ މައްޗަށް: ސްޓެލްކޯ
މޫސުން ރަނގަޅުވުމާއެކު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރިވަރު 92 މެގަވޮޓް ފަހަނައަޅާފައިވާ ކަމަށް ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

މޫސުން ރަނގަޅުވުމާއެކު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރިވަރު 92 މެގަވޮޓް ފަހަނައަޅާފައިވާ ކަމަށް ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރޯދަ މަހު ފުރަތަމަ ފަހަރަށް މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 4 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ހިއްސާ ކުރުމަށް ސްޓެލްކޯއިން ނެރުނު ސްޓެޓްސް އިން ދައްކާ ގޮތުގައި ކަރަންޓު ބޭނުންކުރި މިންވަރު 92،338 މެގަވޮޓް އަށް އަރަ އެވެ. ކަރަންޓު ބޭނުންކުރާ މިންވަރު 90 މެގަވޮޓަށް ވުރެ މައްޗަށް އަރަނީ ހަވީރު 15:00 އިން އިރުއޮއްސި 18:00 އާ ދޭތެރޭގަ އެވެ.

މީގެއިތުރުން އެ ސްޓެޓްސްއިން ހާމަވަނީ އިރުއޮއްސި 19:00 އިން ފެށިގެން އަނެއްދުވަހު މެންދުރާ ޖެހެންދެން ކަރަންޓު ބޭނުންކުރާ މިންވަރު 80 މެގަވޮޓް އާއި 70 މެގަވޮޓް އާ ދޭތެރޭގައި އުޅޭ ކަމަށެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ ކުރިއަށް އޮތް ތަނުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ކަރަންޓު އިގްތިސޯދުކޮށް އިސްރާފުކުރުން ވީހާވެސް މަދުކުރުމަށް ސަމާލުވުމަށް ސްޓެލްކޯއިން އިރުޝާދުދެ އެވެ.

ރޯދަ މަހާއި ކޮންމެ އަހަރަކުވެސް އަންނަ ހޫނު މޫސުމުގެ ދުވަސްވަރަށްވެސް ވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ މީގެ ކުރިން ދީފަ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހުގައި ކަރަންޓު ބިލަށް އަންނަ ބަދަލުތައް ލުއިފަސޭހަކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެފައިވާ ވައުދާ އެއްގޮތައް އަމަލުކުރުމުގެ ގޮތުން ސްޓެލްކޯއިން ވަނީ އެތަކެއް ތައްޔާރީތަކެއް ވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ