މާލެ: 31°C

މިފްކޯގެ ސީއީއޯއަކަށް ފަރުހަތު ޝަހީރު އައްޔަނުކޮށްފި

March 5, 2025
261 ފަހަރު ބަލާފައި
މިފްކޯގެ ސީއީއޯއަކަށް ފަރުހަތު ޝަހީރު އައްޔަނުކޮށްފި
މިފްކޯގެ ސީއީއޯއަކަށް ފަރުހަތު ޝަހީރު އައްޔަނުކޮށްފި

މިފްކޯގެ ސީއީއޯއަކަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު މިއަދު އައްޔަނުކޮށްފި އެވެ.

ފަރުހަތު ޝަހީރު އަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. އަދި  ރައީސް ޔާމީނުގެ ވެރިކަމުގައި ފަރުހަތު ޝަހީރު ހުންނެވީ އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމުގަ އެވެ. 

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމަށް މިދިޔަ ޑިސެމްބަރު މަހު އައްޔަނުކުރި ޑރ. ވިޓަލީ މިދިޔަ ހޯމަ ދުވަހުގެރޭ ކުއްލި ގޮތަކަށް އެ މަގާމުން ވަކި ކުރުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަކިކުރީ ޕްރަބޭޝަންގެ 3 މަސް ދުވަހު ނަތީޖާ ނުނެރެވުމުންނެވެ. 

މިފްކޯގެ ސީއީއޯއަކަށް ފަރުހަތު ހަމަޖައްސާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަ ކުރީ މިއަދު އެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ