މާލެ: 31°C

ސެލޫނަކަށްގޮސް ވެކްސް ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

March 6, 2025
157 ފަހަރު ބަލާފައި
ސެލޫނަކަށްގޮސް ވެކްސް ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ސުވާލު: ސެލޫނަކަށްގޮސް ވެކްސް ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ އަދި ޕެޑިކިއުރ ފަދަ ކަންކަން ކުރުމަކީ ހުއްދަކަމެއްތޯއެވެ؟

ސުވާލު: ސެލޫނަކަށްގޮސް ވެކްސް ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ އަދި ޕެޑިކިއުރ ފަދަ ކަންކަން ކުރުމަކީ ހުއްދަކަމެއްތޯއެވެ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله

ސެލޫންތަކަށްގޮސް ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުމަކީ ހުއްދަކަމެއް ނޫނެވެ. ޢައުރަ ކަޝްފުނުކޮށް ވެކްސްކުރުން މިސާލަކަށް މޫނުގެ ނުވަތަ އަތުގެ އިސްތަށިތައް ބޭލުން ހުއްދަވެގެންވެއެވެ. ހުއްދަ ނުވަނީ ޢައުރަ ކަޝްފުކޮށްގެން ކުރާ ކަންކަމެވެ. ޢައުރަ ކަޝްފުކުރަނީ ކިހިލިފަތުގެ އިސްތަށިތައް ބޭލުމަށްކަމުގައިވިޔަސް ނުވަތަ ލަދުވެތި ގުނަވަނުގެ އިސްތަށިތައް ބޭލުމަށްކަމުގައިވިޔަސްމެއެވެ. އަންހެނަކު، އަންހެނަކު ލައްވާ އެކަން ކުރުވި ކަމުގައި ވިޔަސް މެއެވެ. އެކަން ޙަރާމްވަނީ އަންނަނިވި ދަލީލުންނެވެ.

عَن أَبِي سَعِيدٍ الْخُدْرِيِّ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ وَلَا تَنْظُرُ الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ . رواه مسلم (338) .

އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފިރިހެނަކު، ފިރިހެނެއްގެ ޢައުރައަށް ނުބަލާހުށިކަމެވެ. އަދި އަންހެނަކު، އަންހެނެއްގެ ޢައުރައަށް ނުބަލާހުށިކަމެވެ.”

އެއްޖިންސުގެ މީހުންވެސް އެއްބަޔަކު އަނެއްބަޔެއްގެ ޢައުރައަށް ބެލުމަކީ އެކަމުގެ ޙަރާމްކަމުގެ މައްޗަށް ޢިލްމުވެރިން އިޖްމާޢުވެފައިވާ ކަމެކެވެ.އަޞްލަކީ ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް ލަދުވެތި ގުނަވަނުގެ އިސްތަށިތައް ބޭލުމެވެ. އެހެންމީހަކު ލައްވާ، ލަދުވެތި ގުނަވަނުގެ އިސްތަށިބޭލުން ހުއްދަވަނީ ޟަރޫރީ ޙާލަތެއްގައެވެ. އެއީ، މިސާލަކަށް ހަށިގަނޑު ޙަރަކާތް ނުކުރެވުން (ވާގިނެތުން) ފަދަ ބައްޔެއްގެ ސަބަބުން ނުވަތަ ބުއްދި ފިލައިދިޔުންފަދަ ސަބަބެއް މެދުވެރިވެގެން އަމިއްލައަށް އެކަންނުކުރެވޭ ޙާލަތްތަކުގައެވެ.

ޕެޑިކިއުރގެ ފަދަ ކަންކަން، އެ ޚިދުމަތް ދެނީ ފިރިހެނަކަށް ފިރިހެނަކު ނަމަ، ނުވަތަ އަންހެނަކަށް އަންހެނަކު ނަމަ، ހުއްދަވެގެންވެއެވެ.
والله أعلم.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ