މާލެ: 31°C

ޕީއެންސީން ސުޢޫދަށް ރައްދު ދީފި

March 5, 2025
182 ފަހަރު ބަލާފައި
ޕީއެންސީން ސުޢޫދަށް ރައްދު ދީފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިއްޔެ އިސްތިއުފާ ދެއްވި ފަނޑިޔާރު ޙުސްނުއްސުޢޫދަކީ ސިޔާސީ އެކްޓިވިސްޓެއް ކަމަށް ސިފަކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަރުގަދަ ރައްދެއް ދީފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިއްޔެ އިސްތިއުފާ ދެއްވި ފަނޑިޔާރު ޙުސްނުއްސުޢޫދަކީ ސިޔާސީ އެކްޓިވިސްޓެއް ކަމަށް ސިފަކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަރުގަދަ ރައްދެއް ދީފި އެވެ.

ފަނޑިޔާރު ސުޢޫދު އިސްތިއުފާ ދެއްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ރައީސް މުޢިއްޒު ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރެއްވުން ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފަނޑިޔާރުކަމުގެ މަޤާމުގައިވެސް އަދި މަޤާމުން ވަކިވެވަޑައިގަތުމުގައިވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ޤާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫނެވެ.

އެ ޕާޓީން އިތުރަށް ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަކީ ބާރުތައް ވަކިވެފައިވާ، އަދި މުސްތަޤިއްލު މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމަށެވެ. އަދި ޝަރުޢީ ބާރަކީ ސިޔާސީ ކަންކަމާ ދުރުން، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދޭ ބާރެއްކަންވެސް ފާހަގަކޮށްފައިވެ އެވެ.

ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޒިންމާއެއްކަން ފާހަގަކޮށް، ރައީސް މުޢިއްޒު މިނިވަން މުއައްސަސާތަކަށް މުސްތަޤިއްލުކަމާއެކު މަސައްކަތްކުރުމަށް ފުރުސަތު ދެއްވާފައިވާކަން ޕީއެންސީން ފާހަގަކޮށްފައިވެ އެވެ.

ޕީއެންސީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓެވުމުގައި، އަދި މި ނިޒާމު ހިނގަންޖެހޭ ގޮތަށް ހިނގަމުންދާކަން ކަށަވަރުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި މި ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވަމުންދާ ނަމޫނާއަށް ޕާޓީގެ ނަމުގައި މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރަމެވެ ކަމަށެވެ.

ފަނޑިޔާރު ސުއޫދު އިއްޔެ މަޤާމުން އިސްތިއުފާދެއްވާފައިވަނީ އޭނާއާ ގުޅޭ 4 ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމާ ގުޅިގެންނެވެ. ފަނޑިޔާރު ސުއޫދުގެ އިސްތިއުފާ އައިސްފައިވަނީ އޭނާއާ ގުޅޭ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާތީ، މަޤާމުން ސަސްޕެންޑް ކުރެވިފައިވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ