މާލެ: 31°C

ރާާއްޖެއިން ބޭރުގެ މުއާމަލާާތްތަކަށް ފައިސާ ފޮނުވުމާއި ލިބިގަތުން މިހާރު އަވަސްވާނެ: ބީއެމްއެލް

March 5, 2025
167 ފަހަރު ބަލާފައި
ރާާއްޖެއިން ބޭރުގެ މުއާމަލާާތްތަކަށް ފައިސާ ފޮނުވުމާއި ލިބިގަތުން މިހާރު އަވަސްވާނެ: ބީއެމްއެލް
ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ފައިސާ ފޮނުވުމާއި ލިބިގަތުން މިހާރު އަވަސްވާނޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ފައިސާ ފޮނުވުމާއި ލިބިގަތުން މިހާރު އަވަސްވާނޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ފައިސާ ފޮނުވުމާއި ލިބިގަތުން މިހާރު އަވަސްވާނޭ ކަމަށެވެ.

މީގެއިތުރުން މިހާރު ބީއެމްއެލް މެދުވެރިކޮށް 5،000 ޑޮލަރާއި ހަމައަށް ވަގުތުން ޓީޓީ ފޮނުވޭނޭ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނޭ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެ އެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10،000 ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެ އެވެ.

ބީއެމްއެލްއިން ވަނީ މި ރޯދަމަހު ކަސްޓަމަރުނަށް ފަސޭހައިން ހިދުމަތް ލިބޭނޭ މަގުފަހިކޮށްދިނުމުގެ ގޮތުން، ބްރާންޗްތަކަށް ނުގޮސް ބޭންކުން ދޫކުރާ ލޯނާއި ފައިނޭންސަށް އެދި ހުށައެޅޭނޭ ގޮތްވެސް ހަމަޖައްސާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ