މާލެ: 31°C

ސުއޫދު ފަނޑިޔާރު ކަމުން ވަކިވެއްޖެ ކަމަށް ޖޭއެސްސީން ބުނެފި

March 5, 2025
171 ފަހަރު ބަލާފައި
ސުއޫދު ފަނޑިޔާރު ކަމުން ވަކިވެއްޖެ ކަމަށް ޖޭއެސްސީން ބުނެފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާާމުން ހުސްނުއްސުއޫދު ވަކިވެފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރަސްމީކޮށް ހާމަކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާާމުން ހުސްނުއްސުއޫދު ވަކިވެފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރަސްމީކޮށް ހާމަކޮށްފި އެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޝަނުގައި ހުންނެވި ސުއޫދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އިސްއުފާދެއްވަން ޖޭއެސްސީއަށް ފޮނުވުމުގެ ބަދަލުގައި އެންމެ ފުރަތަމަ ސިޓީ ފޮނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސްކޮށް ރައީސް އޮފީހަށެވެ.

އެކަމަކު އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ނުލިބޭތީ ރައީސަށް އެޑްރެސްކޮށް ސުއޫދު ފޮނުވި ސިޓީ ގަބޫލުނުކުރަން ނިންމައި، އޭނާގެ މައްސަލަތަކެއް ބެލުމަށް އިއްޔެ އެ ކޮމިޝަނުން ފާސްކުރި އެވެ.

އެހެން ނިންމާފައި އޮއްވައި ސުއޫދުގެ ސިޓީ އިއްޔެ ޖޭއެސްސީއަށްވެސް ފޮނުވި އެވެ. އެ ސިޓީ ލިބުނުކަން ހާމަކޮށް އެ ކޮމިޝަނުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ފަނޑިޔާރުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވާފައިވާތީ، އިއްޔެއިން ފެށިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށެވެ.

ފަނޑިޔާރުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވައި ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވިދާޅުވީ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ ގުޅިގެން ސަރުކާރުން ގާނޫނު އަސާސީ އާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ