މާލެ: 31°C

އަމިއްލަ ފަރާތުން ހުޅުމާލޭގައި ބިނާ ކުރާ މިސްކިތެއްގެ ބިންގާ ރައީސް އަޅުއްވައި ދެއްވައިފި

March 5, 2025
233 ފަހަރު ބަލާފައި
އަމިއްލަ ފަރާތުން ހުޅުމާލޭގައި ބިނާ ކުރާ މިސްކިތެއްގެ ބިންގާ ރައީސް އަޅުއްވައި ދެއްވައިފި
މ. ތައިބާ ފަޟީލަތުއްޝައިޚް އިސްމާއީލު މުހައްމަދުގެ ހަރަދުގައި ހުޅުމާލޭގައި އަޅާ 2،000 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

މ. ތައިބާ ފަޟީލަތުއްޝައިޚް އިސްމާއީލު މުހައްމަދުގެ ހަރަދުގައި ހުޅުމާލޭގައި އަޅާ 2،000 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ވަގުތީ މިސްކިތް ކުރިން ހުރި ބިމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ، އެކަމަށް ޓަކައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން އިމާރާތްކުރާ މި މިސްކިތަކީ، މ. ތައިބާ ފަޟީލަތުއްޝައިޚް އިސްމާއީލު މުހައްމަދުގެ އެހީގައި ބިނާކުރެވޭ މިސްކިތެކެވެ.

ދެ ފަންގިފިލާއަށް އިމާރާތްކުރާ، 2،000 މީހުންގެ ޖާގައިގެ މި މިސްކިތް ނިސްބަތް ކުރެވިފައި ވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝާއަށެވެ.

ރިސާޗް ލައިބްރަރީއަކާ އެކު ބިނާކުރާ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭ ޖާގައަކާއި އަންހެނުންނަށް ހާއްސަ ފާހާނާއެއް ހިމެނުމަށް ވަނީ ހަމަޖެހިފަ އެވެ. މިސްކިތަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ނިންމާފައި ވަނީ އިރުގެ ހަކަތަ ބޭނުންކޮށްގެންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ފަޟީލަތުއްޝައިޚް އިސްމާއީލު މުހައްމަދާއި އެމަނިކުފާނުގެ އާއިލާގެ މެމްބަރުންނާއި ކެބިނެޓް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ