ހަބަރު

ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ކޮންމެ ތަނެއްގައި ޝަރީއަތްތައް ބާއްވާނަން: ކްރިމިނަލް ކޯޓް
ކަމާ ގުޅުން ހުރި އިދާރާތަކުން ކަނޑައަޅާ ކޮންމެ ތަނެއްގައި ވެސް ޝަރީއަތްތައް ކުރިއަށް ގެންދަން ތައްޔާރު ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހާމަކޮށްފި އެވެ.

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެ، ރައީސް އޮފީހަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި
ސިފަައިންނާއި ފުލުހުން އިތުރުކުރުމަށް، ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އުފާވެރިކަމަށް ބަހާއި ސަގާފަތާއި ތަރިކަ ވަރަށް މުހިއްމު: މެޑަމް ސާޖިދާ
ޤައުމެއްގައި އުފާވެރިކަން އަށަގަތުމަށް އެބައެއްގެ މާދަރީ ބަހާއި ސަޤާފަތާއި ތަރިކައާއި ފަންނު މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުދޭން ވެގެން ސަރުކާރުން ހައިކޯޓަށް ހިނގައްޖެ
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އާއްމުކުރަން އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) އިން އެންގި އެންގުން ސަރުކާރުން ހައިކޯޓުގައި އިސްތުނާފްކޮށްފި އެވެ.

އެސްޓީނިއާ ދަތުރުފުޅަށް 1.3 މިލިއަން ރުފިޔާ ހަރަދުކުރި
ހުސްވި ޖެނުއަރީ މަހު އެސްޓޯނިއާގެ ރައީސް ޑރ އަލާރް ކަރިސްގެ ދައުވަތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ބޮޑުވަފުދަކާއެކު އެ ގައުމަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފި އެވެ.

ވަކިކުރި 228 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ދައުލަތުން ހައިކޯޓަށް
ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނެފައިވާ 228 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ސްކޭމް ހުއްޓުވުމަށް ކަމާ ގުޅުންހުރި މުވައްސަސާތައް އެކުވެގެން ގައިޑްލައިންއެއް އެކުލަވާލަނީ
ސްކޭމް ހުއްޓުވުމަށް ކަމާ ގުޅުންހުރި މުވައްސަސާތައް އެކުވެގެން ގައިޑްލައިންއެއް ވއެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ފައިސަލް ޙަރަދުކުޑަރަން މާލެ ދޫކޮށް ރަށަށް ދިރިއުޅުން ބަދަލުކުރަނީ
ޓޫރިޒަމް މިނިސްޓަރުކަމުން ޖެނުއަރީމަހު ފަހުކޮޅު ވަކިކުރެއްވި އިބްރާހިމް ފައިސަލް މާލޭގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކަމުން އުފަން ރަށް. ލ. ފޮނަދު އަށް ދިރިއުޅުން ބަދަލު ކުރައްވަން ނިންމަވައިފި އެވެ.

ސަރުކާރަށް ރައްޔިތުން އެއްބާރުލުންދެއްވާ، ހެޕީކޮށްދޭނަން: މެމްބަރު ޝުޖާއު
ސަރުކާރަށް އެއްބާރުލުންމަތީ ދެމިތިބެއްޖެނަމަ ހެޕީކޮށްދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވިދާޅުވެެއްޖެއެވެ.

ޔޫސަބަލް ރިޒާވް 2023 ވަނަ އަހަރަށްވުރެ 2024 ވަނަ އަހަރު 16 މިލިއަން ޑޮލަރު އިތުރު: އެމްއެމްއޭ
ޔޫސަބަލް ރިޒާވް 2023 ވަނަ އަހަރުގެ ޑިމްބަރު މަހު ހުރި އަދަދަށްވުރެ މިއަހަރުގެ ޑިސެމްބަރު މަހު ހުރި އަދަދު 16 މިލިއަން ޑޮލަރު އިތުރުކަމަށް އެމްއެމްއޭގެ ހިސާބު ތަކުން ދައްކައިފިއެވެ.

މާލޭގެ ގެއަކުން ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
މާލޭގެ ގެއަކުން ކިލޯއެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ކޯޓް ފްރާޅުމައްޗަށް އަރައި ވަގަށް އަނބުބިންނަން ހުރި މީހަކު ހައްޔަރުކޮށްފި
ވަގަށް އަނބު ބިންނަން ޖްވެނައިލް ކޯޓް ފްރާޅުމައްޗަށް އަރައިހުރި މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފި އެވެ.
