މާލެ: 31°C

ހައްޔަރު ކުރީ އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅެނިކޮށް

February 17, 2025
182 ފަހަރު ބަލާފައި
ހައްޔަރު ކުރީ އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅެނިކޮށް
އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މާލެ، މާވެޔޮމަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ރޭ 02:39 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އިރު ތިބީ އަންހެން ހެދުން އަޅައިގެން  ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ލިލީގޭ އުމުރުން 46 އަހަރުގެ މުހައްމަދު ސަބާހް އާއި ނ. މިލަދޫ، ސޯސަންގޭ، އުމުރުން 42 އަހަރުގެ މުހައްމަދު ނައުޝާދެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ދެމީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ