މާލެ: 31°C

އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

February 17, 2025
150 ފަހަރު ބަލާފައި
އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ (ނ.،ރ.،ބ.، އަދި ޅ.) އަތޮޅު ހިމެނޭ ސަރަަހައްދުގެ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި ދެ މީހަކު މިދިޔަ އަހަރާއި އޭގެ ދެ އަހަރު ކުރިން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 20 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށާއި އެ މައްސަަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުން އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ ދޮން ބައްޕަ އާއި ކުއްޖާގެ މަންމަ ފަރާތު ބޮޑު ދައިތަގެ ފިރިމީހާއަށެވެ.

އަދި އެ މައްސަލަ ފޮރުވަން އާއިލާ ތެރެއިން މަސައްކަތްކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރެވެ އެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަރަށް ބޮޑެވެ. އަދި އެފަދަ މައްސަލަތަކުގައި ދޭތެރެ ދޭތެރެއިން މީހުން ހައްޔަރުކޮށް ހުކުމްވެސް ކުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ