މާލެ: 31°C

ރަސްފަންނަށް މޫދަށް އެރުން ވަގުތީ ގޮތުން މަނާކޮށްފި

February 17, 2025
141 ފަހަރު ބަލާފައި
ރަސްފަންނަށް މޫދަށް އެރުން ވަގުތީ ގޮތުން މަނާކޮށްފި
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން އެ ކައުންސިލުން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާކަމަށެވެ.

އެހެންވެ އެ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު 9 ޖަހާއިރު ފަށަން ހަމަޖެހިފައިވާތީ އެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ރަސްފަންނުގެ މޫދުން ކިސަޑު ނަގަން ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށަން ނިންމާފައި މިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ދެ ދުވަސްކުރިން ރަސްފަންނަށް ވަޑައިގެން އެ ތަނުގެ ހާލަތު ދަށްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާ، އެ ތަން މަރާމާތު ކުރަން ސަރުކާރުން އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ