މާލެ: 31°C

ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލު ކުރުމާ ގުޅޭ އާ މަޝްވަރާތަކެއް

February 17, 2025
131 ފަހަރު ބަލާފައި
ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލު ކުރުމާ ގުޅޭ އާ މަޝްވަރާތަކެއް
ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލު ދަށަށް ބަދަލުކުރުމާ ގުޅޭ ގޮތުން، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީޑީ) އާއެކު އަލުން މަޝްވަރާތައް ފަށައިފައި އެވެ.

ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލު ދަށަށް ބަދަލުކުރުމާ ގުޅޭ ގޮތުން، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީޑީ) އާއެކު އަލުން މަޝްވަރާތައް ފަށައިފައި އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލާ ހަވާލުކުރަން ކެބިނެޓުން ނިންމާފައިވާކަން ޑިސެމްބަރު 31، 2023 "އެކްސް" ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ސިޓީ ކައުންސިލުން ބުނީ، މިއަދު ބޭއްވީ މުނިސިޕަލް ހިދުމަތްތައް ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް ކުރެވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން އެޗްޑީސީއާއެކު ބޭއްވުނު 4 ވަނަ މަޝްވަރާ ބައްދަލުވުން ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގައި ގާނޫނީ އެއް ވެސް ހުރަހެއް ނެތް ކަމަށާއި އެކަންކޮޅެއްގައި ނުޖެހި ދިގު ދެމިގެންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަދި އެކަން ކައުންސިލުގެ ދަށަށް ބަދަލުވުން ލަސްވަމުން ދާދިއުމާ މެދު އާޒިމް ސުވާލު އުފައްދެވި އެވެ.

އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލު ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލުގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރެވިދާނެ ކަމަށެވެ. އެގޮތުން އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ބައެއްކަންކަން ހުރިކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މޭޔަރު އާޒިމްގެ އިތުރުން އެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުޅުމާލޭ މުނިސިޕަލް ހިދުމަތް ކައުންސިލަށް ދަށް ބަދަލުކުުރުމަށް އަލުން މަޝަވަރާތައް ފަށާފައިވައިރު، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިބްރާހިމް ފަޒުލް ވިދަޅުވެފައިވާ ގޮތުން މީގެ ކުރިން މުނިސިޕަލް ހިދުމަތްތައް ކައުންސިލާ ހަވާލުނުކުރެވިގެން އުޅެނީ އެކަމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުުރުން މާލީ ތަނަވަސްކަން ނެތުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ