މާލެ: 31°C

ސަރުކާރުގެ ޓެކްސީ ފްލީޓާ ގުޅިގެން އަވަސް ރައިޑުން ކަންބޮޑުވެއްޖެ

February 17, 2025
177 ފަހަރު ބަލާފައި
ސަރުކާރުގެ ޓެކްސީ ފްލީޓާ ގުޅިގެން އަވަސް ރައިޑުން ކަންބޮޑުވެއްޖެ
ސަރުކާރުން ތައާރަފްކުރަން ނިންމާފައިވާ ޓެކްސީ ފްލީޓްއާއެކު ޓެކްސީ ދާއިރާގައި އުޅޭ 10،000 އަށްވުރެ ގިނަ މީހުންނަށް އަސަރުކުރާނެ ކަމަށް އަވަސް ޓެކްސީ ހިދުމަތް ދޭ އަވަސް ރައިޑްއިން ބުނެފި އެވެ.

ސަރުކާރުން ތައާރަފް ކުރަން ނިންމާފައިވާ ޓެކްސީ ފްލީޓާއެކު ޓެކްސީ ދާއިރާގައި އުޅޭ 10،000 އަށްވުރެ ގިނަ މީހުންނަށް އަސަރު ކުރާނެ ކަމަށް އަވަސް ޓެކްސީ ޚިދުމަތް ދޭ އަވަސް ރައިޑުން ބުނެފި އެވެ.

މާލެ ސަރަހައްދުގައި އިލެކްޓްރޯނިކް ޓެކްސީ (އީވީ) ގެ ހިދުމަތް ދޭން އެމްޓީސީސީ އާ ސަރުކާރުން ހަވާލުކުރީ މިދިޔަ ބުދަ ދުވަހުގަ އެވެ. އެއާ އެކު ޓެކްސީ ޑްރައިވަރުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިއުން އެ ނިންމުން އަނބުރާ ގެންދަން ސަރުކާރަށް ގޮވާލަމުންނެވެ.

އެކަމާ ގުޅޭ ގޮތުން އަވަސް ރައިޑްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ޓެކްސީ ފްލީޓެއް ތައާރަފްކުރުމަކީ ޓެކްސީ ދުއްވާ ފަރާތްތަކާއި ޓެކްސީ ސެންޓަރުތައް ހިންގާ ފަރާތްތަކުގެ އިތުރުން ކުއްޔަށް ކާރު ދުއްވާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

ކުދި ވިޔަފާރިތަކަށް ގެއްލުންވެ މި ދާއިރާގެ ހަމަހަމަކަން ނެތިގެން ދާނެކަން ކަށަވަރެވެ. މި ނިންމުމުގެ ސަބަބުން މި ދާއިރާގައި ރަޖިސްޓްރީވެ އާމްދަނީ ލިބެމުންގެންދާ 10،000އަށް ވުރެ ގިނަ ފަރާތްތަކަށް ސީދާ ނޭދެވޭ އަސަރުކޮށް އެ ފަރާތްތަކުގެ ހައްގުތަކަށް އަރައިގަނެވޭނެކަން ފާހަގަ ކުރަމެވެ،" އަވަސް ރައިޑްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަވަސް ރައިޑުން އިތުރަށް ބުނި ގޮތުގައި

  • ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތައް ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވޭ
  • ބައެއް ހާލަތްތަކުގައި ޑްރައިވަރުން ދަތުރުނުކުރާތީ ޝަކުވާ ލިބުނަސް އެކަމުގެ އަސްލު ސަބަބު ދެނެގަންނަން މަސައްކަތްކޮށްފައި ނުވޭ
  • ޓެކްސީ ހިދުމަތުގައި އުޅޭ އެންމެނަށް އުނިކަން އަންނާނެ ގޮތަށް ނިންމުން ނިންމި ސަބަބު ސަރުކާރުން ސާފުކޮށްދޭން ޖެހޭ
  • ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނީ ގޮތަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ