ހަބަރު

މުޅިން އަލަށް ކަމަށްބުނެ އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި ލޯން ސްކީމަކީ މި ސަރުކާރުން 2024 އޮކްޓޯބަރ މަހު ހުޅުވާލާފައިވާ ސްކީމެއް!
ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ލުއިލޯނަށް އެދުމަށް 2024 ވަނަ އަހަރު ހުޅުވާލައި އެޕްލިކޭޝަން ނަގާފައިވަނިކޮށް، މުލިން އަލަށް ކަމަށްބުނެ އަންނަ ހަފްތާގައި ހަމަ އެ ސްކީމަށް ހުޅުވާލާނެކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ބިން ނުހިއްކަން ނިންމެވީ ރައްޔިތުން އެދިގެން ކަމަށް، ކައުންސިލާ ރައްޔިތުން ބުނަނީ އެގޮތަށް ނޭދޭ ކަމަށް
ބ ދޮންފަނުގެ ބިން ހިއްކުމަށް އެމްޓީސީސީ އާއި ޙަވާލުކުރުމަށްފަހު އެރަށުގެ ބިން ނުހިއްކަން ނިންމީ ރައްޔިތުން އެދިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ބިން ނުހިއްކަން ނިންމުމުގެ ކުރިން އެރަށުގެ ރައްޔިތުންނާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވެއްޖެއެވެ.

ވެމްކޯގެ ޙިދުމަތް ގާއިމްވެފައި ނެތް ރަށެއްގެ ބަޔަކަށް، މަޖިލިސް އިންތިހާބުން ފެށިގެން ވެމްކޯގެ މުވައްޒަފުންގެ ގޮތުގައި ދަނީ މުސާރަދެމުން
2024 ވަނަ އަހަރުގެ އޭޕްރީލް މަުހުން ފެށިގެން އިހަވަންދޫގައި ދިރިއުޅޭ ފަރާތްތަކަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ގޮތުގައި މުސާރަދެމުންގެންދާކަމަށް މި ނޫހަށް މައުލޫމާތު ލިބިއްޖެ އެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގައި ބައިވެރިއެއް ނުވާނަން، މުއިއްޒު އަކީ ޕްލޭނަކަށް އަމަލުކުރައްވާނެ ބޭފުޅެއް ނޫން: އެމްޑީޕީ
ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން ކުރާ ކަންކަމުގައި ބައިވެރިނުވާން އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.

ސިޔާސީ މީހުން އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން، ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއް ނޫން: ފައްޔާޒް
ސިޔާސީ މީހުން އެމީހުންގެ އަބުރު ރައްކާތެރިކުރާނީ ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެން ނޫން ކަމަށާއި، އެމީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކާޑެއްދޫ އެއްބަސްވުމާ އެއްގޮތަށް ވިލާއިން އަމަލެއް ނުކުރޭ! އެއްވެސް ބަދަލެއް ނުދީ އެއްބަސްވުން ބާތިލް ކުރެވޭނެ، ދޭން އުޅޭ ބަދަލަކީ ޤާނޫނާ ހިލާފު ބަދަލެއް: މައުރޫފް
ވިލާއިން ކާޑެއްދޫ އެއްބަސްވުމާ އެއްގޮތަށް އަމަލެއް ނުކުރޭ! އެއްވެސް ބަދަލެއް ނުދީ ސަރުކާރުން އެއްބާސްވުން ބާތިލް ކުރެވޭނެ، ދޭން އުޅޭ ބަދަލަކީ ޤާނޫނާ ހިލާފު އެއްވެސް އަސާސެއް ނެތް ބަދަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ލީގަލް ސެކްރެޓަރީ އަހްމަދު މައރޫފު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ނޫން ޕާޓީއަކުން ފުރަތަމަ ފަހަރަށް ލާމަރުކަޒީ ބާރުތަކާއި، ފަނޑިޔާރުގޭގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ވައްކަމާއި، އަސާސީ ހައްގުތަކާއި، ހިޔާނާތުގެ ވާހަކަ ދައްކައިފި
އެމްޑީޕީ ނޫން ޕާޓީއަކުން ފުރަތަމަ ފަހަރަށް ޢާންމު ޖަލްސާއެއްގައި ލާމަރުކަޒީ ބާރުތަކާއި، ފަނޑިޔާރުގޭގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ވައްކަމާއި، އަސާސީ ހައްގުތަކާއި، ހިޔާނާތުގެ ވާހަކަ ދައްކައިފި އެވެ.

ރައްޔިތުންގެ ހިޔާލާ އެކު އުކުޅަހު ކައުންސިލުން ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭން ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެއްޖެ
ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން އއ އުކުޅަހު ކައުންސިލުން ހަދާފައިވާ އެރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މީޑިއާ ބިލާ ދެކޮޅަށް ނިކުތުމަށް ހިތްވަރުދިން ޒުވާނަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅިގެން އެކްސްގައި ޕޯސްޓުތަކެއް ކުރި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

މީޑިއާ ރެގިއުލޭޓަރީ ކައުންސިލް ބޭނުންކޮށްގެން މީޑިއާތައް ބަންދުކުރުމުގެ ބާރު މިހާރު ހުށަހަޅާފައިވާ ބިލުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ: ފައްޔާޒް
މީޑިއާ ރެގިއުލޭޓަރީ ކައުންސިލް ބޭނުންކޮށްގެން މީޑިއާތައް ބަންދުކުރުމުގެ ބާރު މިހާރު ހުށަހަޅާފައިވާ ބިލުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ކަމަށް އިދިކޮޅު ލީޑަރ އެމްޑީޕީގެ ޗެއާޕާޗަން ފައްޔާޒް އިސްމާއިލް ވިދަޅުވެއްޖެ އެވެ.

އޮގަސްޓް 12، 13 ގައި ރައްޔިތުން ނިކުންނަން މަޖުބޫރުކުރިވި ހާލަތް، 21 އަހަރު ފަހުން މިވަނީ އިއާދަވާން ފަށާފައި: ފައްޔާޒް
ހައްގުތައް ހޯދުމަށް އެމްޑީޕީން ނިކުމެ ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އޭރުގެ ސަރުކާރަށް އެންމެ ބޮޑު ސިހުމެއް ގެނުވި އެއްވުން ކަމަށްވާ 2004 ވަނަ އަހަރުގެ އޯގަސްޓް 12، 13 ގެ އެއްވުމަށް 21 އަހަރު ވުން ފާހަގަކޮށް ފައްޔާޒު އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ދިވެހިން މިއަދު މިދެކޭ ގާނޫނުއަސާސީއާއި، މި ހައްގުތައް ލިބިގެން ދިޔައީ މީގެ 21 އަހަރު ކުރިން މިދުވަހު، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތޮށިގަނޑު ފަޅާލާފައި ނުކުމެ ކުރި އިހުތިޖާޖާއި އަޑުއުފުލުންތަކުގެ ނަތީޖ

ފަލަސްތީން ދައުލަތް ގާއިމްކުރުމާގުޅޭ މަތީފަންތީގެ ބައްދަލުވުމަށްވުރެ، ޖާފަތެއްގައި ބައިވެރިވުން ފޮރިންގ މިނިސްޓަރަށް މުހިންމުވީތީ ހިތާމަކުރަން: އިދިކޮޅު ލީޑަރ
ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމާ ގުޅޭ ގޮތުން ބޭއްވި ބައިނަލްއަގުވާމީ މަތީފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރގެ ހައިސިއްޔަތުން ވބައިވެރިވުމަށްވުރެ، މާލޭގައި ބޭއްވި ޖާފަތެއްގައި ބައިވެރިވުން ފޮރިންގ މިނިސްޓަރަށް މުހިންމުވީތީ ހިތާމަކުރައްވާ ކަމަށް އިދިކޮޅު ލީޑަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
