މާލެ: 31°C
ވެމްކޯގެ ޙިދުމަތް ގާއިމްވެފައި ނެތް ރަށެއްގެ ބަޔަކަށް، މަޖިލިސް އިންތިހާބުން ފެށިގެން ވެމްކޯގެ މުވައްޒަފުންގެ ގޮތުގައި ދަނީ މުސާރަދެމުން

9 ސެޕްޓެންބަރު 2025
1045 ފަހަރު ބަލާފައި
2024 ވަނަ އަހަރުގެ އޭޕްރީލް މަުހުން ފެށިގެން އިހަވަންދޫގައި ދިރިއުޅޭ ފަރާތްތަކަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ގޮތުގައި މުސާރަދެމުންގެންދާކަމަށް މި ނޫހަށް މައުލޫމާތު ލިބިއްޖެ އެވެ.

އެރަށުން މިނިވަން އަށް މައުލޫމާތު ދިން ފަރާތުން ބުނީ 2024 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވެރިކަން ކުރާ ޕާޓީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އެކި ކުންފުނިތަކުން ގިނަ އަދަދެއްގެ ފަރާތްތަކަށް ވަޒީފާ ދީފައިވާ ކަމަށެވެ.

އެގޮތުން ސިއްހީ މަރުކަޒަށް ސިޔާސީ 2 ވަޒީފާ ހަމަޖެއްސުމާއި ޔޫތުސެންޓަރަށް ސިޔާސީ 2 ވަޒީފާ ހަމަޖެއްސުމުގެ އިތުރުން އާރުޑީސީއަށް ގިނަ އަދަދަކަށް މުވައްޒަފުން ހަމަޖައްސާފައި ވާކަމަށެވެ. އަދި މީގެ އިތުރުން އިހަވަންދޫގައި އެސްޓަބްލިޝް ވެފައިނެތް ކުންފުންޏެއްކަމަށްވާ ވެމްކޯ ގެ ވަޒީފާވެސް 2 މީހަކަށް މަޖިލިސް އިންތިހާބުގެ ކުރިން ހަމަޖެއްސި ކަމަށާއި އަދި އޭގެ ފަހުން އިތުރު މުވައްޒަފުންތަކެއްވެސް މިހާރު ނަގާފައިވާ ކަމަށެވެ.

އިހަވަންދޫއަކީ ވެމްކޯގެ ޙިދުމަތް ގާއިމްކޮށްފައިވާ ރަށަކަށްނުވާއިރު ރަށެއްގައި ދިރިއުޅޭ ފަރާތްތަކަކަށް އެކުންފުނީގެ މުވައްޒަފުންގެ ގޮތުގައި މުސާރަދެމުންގެންދާތާ މިހާރު މިވަނީ ދޮޅު އަހަރުވެފައެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ