މާލެ: 31°C

އޮގަސްޓް 12، 13 ގައި ރައްޔިތުން ނިކުންނަން މަޖުބޫރުކުރިވި ހާލަތް، 21 އަހަރު ފަހުން މިވަނީ އިއާދަވާން ފަށާފައި: ފައްޔާޒް 

August 12, 2025
414 ފަހަރު ބަލާފައި
އޮގަސްޓް 12، 13 ގައި ރައްޔިތުން ނިކުންނަން މަޖުބޫރުކުރިވި ހާލަތް، 21 އަހަރު ފަހުން މިވަނީ އިއާދަވާން ފަށާފައި: ފައްޔާޒް 
ހައްގުތައް ހޯދުމަށް އެމްޑީޕީން ނިކުމެ ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އޭރުގެ ސަރުކާރަށް އެންމެ ބޮޑު ސިހުމެއް ގެނުވި އެއްވުން ކަމަށްވާ 2004 ވަނަ އަހަރުގެ އޯގަސްޓް 12، 13 ގެ އެއްވުމަށް 21 އަހަރު ވުން ފާހަގަކޮށް ފައްޔާޒު އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ދިވެހިން މިއަދު މިދެކޭ ގާނޫނުއަސާސީއާއި، މި ހައްގުތައް ލިބިގެން ދިޔައީ މީގެ 21 އަހަރު ކުރިން މިދުވަހު، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތޮށިގަނޑު ފަޅާލާފައި ނުކުމެ ކުރި އިހުތިޖާޖާއި އަޑުއުފުލުންތަކުގެ ނަތީޖ

އޮގަސްޓް ބާރަ ތޭރަ ގައި ރައްޔިތުން ނިކުންނަން މަޖުބޫރުކުރިވި ހާލަތާ، އަނެއްކާވެސް 21 އަހަރު ފަހުން މިވަނީ ކުރިމަތިލާންޖެހިފައި ކަމަށް އިދިކޮޅު ލީޑަރ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހައްގުތައް ހޯދުމަށް އެމްޑީޕީން ނިކުމެ ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އޭރުގެ ސަރުކާރަށް އެންމެ ބޮޑު ސިހުމެއް ގެނުވި އެއްވުން ކަމަށްވާ 2004 ވަނަ އަހަރުގެ އޯގަސްޓް 12، 13 ގެ އެއްވުމަށް 21 އަހަރު ވުން ފާހަގަކޮށް ފައްޔާޒު އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ދިވެހިން މިއަދު މިދެކޭ ގާނޫނުއަސާސީއާއި، މި ހައްގުތައް ލިބިގެން ދިޔައީ މީގެ 21 އަހަރު ކުރިން މިދުވަހު، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތޮށިގަނޑު ފަޅާލާފައި ނުކުމެ ކުރި އިހުތިޖާޖާއި އަޑުއުފުލުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

އަދި ފައްޔާޒުގެ ޕޯސްޓްގައި އޮގަސްޓް 12، އަދި 13 ވަނަ ދުވަހު އެ ނުރައްކާތެރި ހާލަތާ ކުރިމަތިލައި، އެ ހާލަތުގެ މައްޗަށް ކުޅިފަސް ހޯދުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހައި ބޭފުޅުންނަށް ހައްގު ޝުކުރާއި ތައުރީފު އަރިސްކޮށް އެ ބޭފުޅުންގެ މަތިން ހަނދާން އާކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ފައްޔާޒުވަނީ 21 އަހަރު ފަހުން އަނެއްކާވެސް، ގައުމުގެ މިސްރާބު ހުރީ އޭރުގެ ހާލަތަށް ކަމަށް ވިދާޅުވެ، އެ ދުވަހުގެ ހަރަކާތުން ހިތްވަރު ލިބިގަނެ، މިއަދާއި މާދަމާ ސަލާމަތްކުރުމަށް، މިއަދުގެ ހާލަތަށް އެކަށޭނަ، އަދި ނަތީޖާ ނެރެވޭނޭ އުސޫލަކުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ