މާލެ: 31°C
މީޑިއާ ރެގިއުލޭޓަރީ ކައުންސިލް ބޭނުންކޮށްގެން މީޑިއާތައް ބަންދުކުރުމުގެ ބާރު މިހާރު ހުށަހަޅާފައިވާ ބިލުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ: ފައްޔާޒް

މީޑިއާ ރެގިއުލޭޓަރީ ކައުންސިލް ބޭނުންކޮށްގެން މީޑިއާތައް ބަންދުކުރުމުގެ ބާރު މިހާރު ހުށަހަޅާފައިވާ ބިލުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ: ފައްޔާޒް

19 އޯގަސްޓު 2025
793 ފަހަރު ބަލާފައި
މީޑިއާ ރެގިއުލޭޓަރީ ކައުންސިލް ބޭނުންކޮށްގެން މީޑިއާތައް ބަންދުކުރުމުގެ ބާރު މިހާރު ހުށަހަޅާފައިވާ ބިލުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ކަމަށް އިދިކޮޅު ލީޑަރ އެމްޑީޕީގެ ޗެއާޕާޗަން ފައްޔާޒް އިސްމާއިލް ވިދަޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލާ ބެހޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އަލަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލަކީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ގެއްލުވާލުމަށް ކުރާ އިތުރު ނުބައި ސިއްރު މަސައްކަތެއް ކަމަށެވެ.

އަދި މިނިވަން މީޑިއާއަކީ ޑިމޮކްރަސީއެއްގައި އެންމެ އަސާސީ އެއް ގުނަވަން ކަމަށާއި، މިހާރު ހުށަހަޅާފައިވާ ބިލުން "ރެގިއުލޭޓަރީ" ކައުންސިލްގެ މައްޗަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދީފައިވާ ކަމަށާއި، އެކަމަކީ ނޫސްވެރިންނަށާއި މީޑިއާތަކަށް ދޭންޖެހޭ ޒަރޫރީ ރައްކާތެރިކަން މި ގާނޫނުން ނިގުޅައިގަތުން ކަމަށެވެ.

މީގެ އިތުރުން ހުރިހާ ބާވަތެއްގެ ޚިޔާލު ތަފާތުވުންތައް ކަނޑުވާލައި، މިނިވަން މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް، މަނާކޮށް، ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިދެއެވެ. ޙަޤީޤަތް ބުނުމަކީ އަނިޔާވެރިކަމަށް ފުދޭނެ އަސާސެއް ކަމުގައި ވާ ޒަމާނަކަށް އަޅުގަނޑުމެންނަކަށް އެނބުރި ނުދެވޭނެއެވެ. 

އަދިވެސް ފައްޔާޒުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެ ބިލުގައި ވާގޮތުން އެ ބިލު ގާނޫނަކަށްވުމުން އެކުލަވައިލާ މީޑިއާގެ ރެގިއުލޭޓަރީ ކޮމިޝަންގެ މައްޗަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮންނާނެ ކަމަށެވެ. އަދި އެ ބިލު ޤާނޫނަކަށް ވުމުން އުފައްދާ މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނަށް، މިނިވަން މީޑިއާތައް ހުއްޓުވައި، ޖޫރިމަނާކުރުމުގެ އިތުރުން އިދިކޮޅުގެ އަޑު ކަނޑުވާލުމަށް އެއްވެސް ހުރަހެއް ނެތި ބާރުތައް ލިބިދީފައިވާކަންވެސް ފާހަގަކޮށްފައި ވެއެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ