މާލެ: 31°C
ރައީސް ވިދާޅުވީ ބިން ނުހިއްކަން ނިންމެވީ ރައްޔިތުން އެދިގެން ކަމަށް، ކައުންސިލާ ރައްޔިތުން ބުނަނީ އެގޮތަށް ނޭދޭ ކަމަށް

ރައީސް ވިދާޅުވީ ބިން ނުހިއްކަން ނިންމެވީ ރައްޔިތުން އެދިގެން ކަމަށް، ކައުންސިލާ ރައްޔިތުން ބުނަނީ އެގޮތަށް ނޭދޭ ކަމަށް

9 ސެޕްޓެންބަރު 2025
329 ފަހަރު ބަލާފައި
ބ ދޮންފަނުގެ ބިން ހިއްކުމަށް އެމްޓީސީސީ އާއި ޙަވާލުކުރުމަށްފަހު އެރަށުގެ ބިން ނުހިއްކަން ނިންމީ ރައްޔިތުން އެދިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ބިން ނުހިއްކަން ނިންމުމުގެ ކުރިން އެރަށުގެ ރައްޔިތުންނާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު ބ އަތޮޅުގެ ރަށް ތަކަށް ރައީސް ޑރ މުއިއްޒު ވަޑައިގެންނެވި ދަތުރުފުޅުގައި ދޮންފަނުގެ ބިން ހިއްކުން އެމްޓީސީސީއާއި ވަނީ ޙަވާލުކޮށްފައެވެ. އެކަމަށްޓަކައި ދޮންފަނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ދޮންފަނުގެ ބިންހިއްކަން ނިންމެވީ ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި އެގޮތުން އެމްޓީސީސީއާއި ހަވާލުކޮށްގެން އެ ރަށުން 13 ކެޓަރުގެ ބިން ހިއްކައި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށާއި ބިމުގެ ދަތިކަން ހައްލުކޮސްދެއްވާނެ ކަމަށެވެ.

އަޅުގަނޑު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ , ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް. މިގޮތުން ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދު ވިން. އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން. ރައީސް ގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ. ރައިސް ވިދާޅުވެފައި ވެއެވެ.

ނަމަވެސް މިއަދު އެކްސްގައި ރައީސް ޑރ މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން ދޮންފަނުގެ ބިން ނުހުއްކަން ނިންމެވި ކަމަށެވެ.  އެއާއެކު އެރަށުގެ ރައްޔިތުން ވަނީ ކައުން އިދާރާ ކުރިމައްޗަށް ނިކުމެ ބިންހިއްކުން އަވަސްކޮށްދިނުމަށް އެދި މުޒާހަރާކުރަން ފަށާފައެވެ.

ރައީސް މުއިއްޒު ގެ ޕޯސްޓްގައި ވިދާޅުވެދފައި ވަނީ އެމަނިކުފާނު ރައްރަށުގައި ކަންކަން އެރށެއްގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށާއި، އެގޮތުން ދޮންފަނުގެ ބިންހިއްކައިދިނުމަށް އެރަށުގެ ރައްޔިތުން އެދުމުން އެރަށުގައި ބިންހިއްކައިދިނުމަށް ވައުދު ވިން ކަމަށާއި، އެގޮތުން އެ ވައުދާ އެއްގޮތަށް ބިން ހިއްކުމަށް އެމްޓީސީސީ އާއިއެކު އެއްބަސްވުމުގައި ސޮއިކުރިނަމަވެސް  އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ބިން ނުހިއްކަން މިހާރު ނިންމާފައިވާ ކަމަށެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ