މާލެ: 31°C
ރައްޔިތުންގެ ހިޔާލާ އެކު އުކުޅަހު ކައުންސިލުން ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭން ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެއްޖެ

ރައްޔިތުންގެ ހިޔާލާ އެކު އުކުޅަހު ކައުންސިލުން ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭން ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެއްޖެ

21 އޯގަސްޓު 2025
672 ފަހަރު ބަލާފައި
ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން އއ އުކުޅަހު ކައުންސިލުން ހަދާފައިވާ އެރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ހިންގުމުގެ އެންމެ މުހިއްމު އެއް މަގްސަދަކީ މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށުން މިނިވަންވެ އެ ރަށެއްގެ ރައްޔިތުން އެރަށެއްގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރުތައް ގެނެސް ދިނުމެވެ.

އެގޮތުން ރަށްރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހެދުމަކީ ވެސް އެރަށުގެ ރައްޔިތުންނަށް މިހާރު ދޫކޮށްލާފައިވާ ބާރެކެވެ. އެހެންކަމުން ބިނާވެށި ޤަވާއިދާ އެއްގޮތައް ރައްޔިތުންގެ ހިޔާލާއި ބަސް ހޯދައިގެން ކައުންސިލުން ހަދާފައިވާ އެރަށެއްގެ ބިން ބޭނުންކުރުމުގެ ޕްލޭން ފާސްކުރުމަށް ކަމާ ގުޅޭ މިނިސްޓްރީއަށް ފޮނުވުމުން ރައީސް ބޭނުންވާ ގޮތަށް އެ ޕްލޭން ބަދަލުކޮށް ތިޔަރަށުން މިގޮތަށޭ މިކަމެއް ކުރަންޖެހޭނީ ރައީސް ވިދާޅުވުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ.

ނަމަވެސް އުކުޅަހަށް ރައީސް މުއިއްޒު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އުކުޅަހު ކައުންސިލުން މިހާރު ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭން ހަދާފައިވާ ގޮތް އެމަނިކުފާނަށް ކަމުނުދާ ކަމަށާއި، ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކުރާއިރު، ލޯކަލް ޓޫރިޒަމް އަށް ކަނޑައަޅާފައިވާ ބިންތައް ބަދަލު ކުރާނެ ކަމަށެވެ.

އަދި އެ ބަދަލު ތަކާއެކު އަންނަ ހަފްތާގައި އެބަދަލުތައް ގެނެސް ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ކައުންސިލާ ހަވާލުކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރަށްރަށުގެ ލޭންޑްޔޫސް ޕްލޭނަކީ ބިނާވެށި ޕްލޭން ކުރުމުގެ ޤަވާއިދުގެ ދަށުން އެކުލަވާލާ ޕްލޭނަކަށްވާތީ ރަށްރަށުން ލޭންޑްޔޫސް ޕްލޭން ހެދުމަށްފަހު ބިނާވެށި ޕްލޭން ކުރުމުގެ ޤަވާއިދު ހިންގާ މިނިސްޓަރީއަށް އެ ލޭންޑްޔޫސް ޕްލޭން ފޮނުވަނީ އެ މިނިސްޓަރީން ބޭނުންވާގޮތައް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތައް އެ ޕްލޭން ބަދަލުކުރާކަށް ނޫނެވެ. ލޭންޑް ޔޫސް ޕްލޭން މިނިސްޓަރީ އަށް ފޮނުވަނީ އެ ލޭންޑް ޔޫސް ޕްލޭން ހަދާފައިވަނީ ބިނާވެށި ޤަވާއިދާ އެއްގޮތައް ކަން ކަށަވަރުކޮށް ބިނާވެށި ޤަވާއިދުގައި ބުނެފައިވާގޮތުގެ މަތިން އެ ލޭންޑްޔޫސްޕްލޭން ފާސްކޮށްދިނުމަށެވެ.

ނަމަވެސް ރައީސް މުއިއްޒު އެ ބަސްފުޅުން ހާމަވެގެންދިޔައީ ލާމާރުކަޒީ ޤާނޫނުން ކައުންސިލްތަކާއި އެރަށުގެ ރައްޔިތުންނަށް ލިބިދީފައިވާ ބަރުގެ ދަށުން ރައްރަށުގެ ރައްޔިތުން ނިންމާ ނިންމުންތަކަށްވުރެ ނުވަތަ އެ ރަށެއްގެ ރައްޔިތުންނަށްވުރެ ބޮޑަށް އެރައްޔިތުންނަށް ބޭނުންވަނީ ކޮންކަމެއްކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ގަބޫލުކުރައްވާ ކަމެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ