މާލެ: 31°C
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭގޮތަށް ޤަވާއިދު އިސްލާހުކޮށްފި

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭގޮތަށް ޤަވާއިދު އިސްލާހުކޮށްފި

May 9, 2024
3 ފަހަރު ބަލާފައި
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭގޮތަށް ޤަވާއިދު އިސްލާހުކޮށްފި
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތަށް "މާލޭ ޕްލޭނިން ޤަވާއިދު" އަށް އިސްލާހުގެނެސް ސަރުކާރުގެ ގެޒެތްގައި މިއަދު ޝާއިއުކޮށްފިއެވެ. އަލަށް ގެނައި އިސްލާހުގައިވާގޮތުން ވިލިނގިލީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ 30.48 މީޓަރު ނުވަތަ 100 ފޫޓެވެ. މި އިސްލާހުގައި ވާގޮތުން 10 ބުރިއަށް އިމާރާތް ނެގޭނީ ބިމުގެ ޖުމްލަ ބޮޑުމިނުގައި 2000 އަކަފޫޓް ހުންނަ ނަމައެވެ. މިގޮތުން ލިބިފައިވާ ބިން 2000 އަކަފޫޓަށް ވުރެ ކުޑަނަމަ އިމާރާތް ކުރެވޭނީ 18.5 މީޓަރު އުސްމިނަށް، ނުވަނަ 6 ބުރިއަށެވެ. މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު، މާލެސިޓީ މޭޢޔަރުކަމުގެ މަގާމުގައި ހުންނެވިއިރު، އެމަނިކުފާނު ވަނީ 2021 ވަނަ އަހަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސާލިހުގެ އަރިހު ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމަށް ޕްލޭނިން ގަވާއިދު އިސްލާހުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ވިލިމާލޭގައި އިމާރާތްކުރެވޭ އެންމެ އުސްމިނެއްގެ ގޮތުގައި މިހާތަނަށް ކަނޑައަޅާފައި އޮންނަނީ 6 ބުރިއަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ