ރައީސް ޔާމީންއަކީ ބޮޑު ވަގެއ ކަމަށާއި، ރައީސް ޔާމީން ވަގަށްނެގި ފައިސާތައް ރައްޔިތުން ނިކުމެ އަތުލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ފަލާހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ބޮޑު ވަގެއް ކަމަށާއި، އެ މަނިކުފާނު ދައުލަތުން ވަގަށް ނެންގެވި ހުރިހާ ފައިސާއެއް ރައްޔިތުން ނުކުމެ، އަތުލަން ޖެހޭ ކަމަށެވެ.
އަދި އެމަނިކުފާނު ދެނެހުރިކަމަށްވެސް ނުހަހަދާ ހުރެގެން މިހާރު އެކުރައްވާ ކަމަކީ ދަޢުލަތުންވަގަށްނެގި އެތައްސަތޭކަ މިލިއަންރުފިޔާ މަނީލޯންޑުކޮށް ދޮވެސާފުކުރުން ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.







