ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ފެންވަރުގައި ކުރިއަށްގެންދާ "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަތީބުން ފަދަ ރަސްމީ ޝަޚްސިއްޔަތުތައް މަގަކުން ހިންގަވައިފައި ވަޑައިގަންނަވާއިރު ކުނިކަހަން އިންނަ މީހާ މަގުގެ އެއް ފަރާތަކަށް ޖެހިލައި ކަމަށާއި، ކިޔަވާ ދަރިވަރުން ކުރި ކަނޑައި ވެސް ނުލައި އިހްތިރާމް އަދާކުރި ޒަމާނެއްވެސް ދިވެހިން ދެކެފައިވާ ކަމަށެވެ.
އަދި އެކަކު އަނެކުންނަށް އިހުތިރާމާއި އޯގާތެރިކަމާއި ލޯބި އިސްކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ، އެގޮތުން ރަނގަޅު އިންސާނެއްގެ ކިބައިގައި ފެންނަ އެންމެ ފާޅުކަން ބޮޑު އެއް ނިޝާނަކީ އިހުތިރާމްކުރުމުގެ ސިފަތައް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި މީގެ ކުރިން އޮތް އިހުތިރާމު އަދާކުރުމުގެ ސިފައަށް ބައްލަވާލައްވައި ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ ރަށްރަށުގައި ކަތީބުން ފަދަ ރަސްމީ ޝަޚްސިއްޔަތުތައް މަގަކުން ހިންގަވައިފައި ވަޑައިގަންނަވާއިރު ކުނިކަހަން ތިބޭ މީހާ މަގުގެ އެއް ފަރާތަކަށް ޖެހިލައި އެ ފަރާތްތަކަށް އިހުތިރާމް އަދާކުރާ ކަމަށާއި، އަދި އެފަދަ ވެރިން ހިންގަވާފައިވަޑައިގަންނަވާއިރު ކިޔަވާކުދިން ކުރި ކަނޑައި ނުދާ ކަމަށެވެ.
އެހެންކަމުން އަޅުގަނޑުމެން ކޮންމެ މީހަކު އެކަށައަޅާ އަޒުމަކީ އސެއީ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ކާބަފައިންގެ ޝަރަފުވެރި އަމާން ރައްކައުތެރި މާޒީގެ އުފާވެރިކަން އަލުން ހޯދުމުގެ އަޒުމް،ކަމަށާއި، އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސަށް ގެންނަ އިސްލާހީ ބަދަލަކަށް ވާންވީ އެކަން ކަމަށެވެ.
އަދި އިސްލާމްދީނުގެ މަތިވެރި ހަމަތަކާއި ރީތި މިސާލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާހުކުރުމުގެ ބަދަލުގެންނަންޖަހޭކަމަށްވިދާޅުވެ ތަރައްގީވެފައިވާ ތަހުޒީބު މުޖުތަމައަކަށް މި މުޖުތަމައު ހެދޭނީވެސް އެ ބަދަލުތަށް ގެނެސްގެންކަމަށް ރައީސް ވަނީ ވިދާޅޫވެފައެވެ.







