މާލެ: 31°C
ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

15 ނޮވެންބަރު 2026
28 ފަހަރު ބަލާފައި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހއ. ދިއްދޫން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މާހަލް / މާލެ، ޢަބްދުޙަންނާން އާދަމް (60އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. އަތޮޅު ފުލުހުން ގުޅިގެން، 13 ނޮވެމްބަރު 2026 ގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ ހއ. ދިއްދޫ ބަނދަރުގެ ދެކުނުފަރާތު ރަސްމީ ސިޑި ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ތިން ރަބަރު ޕެކެޓް ވަނީ ފެނިފައިކަމަށާއި އެ ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 53.2 ގްރާމް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ