މިރޭ މާލޭގައި ބައްވާ އެއްވުމާގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިނުވާކަމަށާއި، އަދި އެއްވުމުގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ދިވެހި ފުލުހުންގެ ޙިދުމަތުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ މިރޭ މާލޭގައި ބާއްވާ މުޒާހިރާގައި ބައިވެރިވާ ފަރާތްތަކާއި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ކުރިމަތިވެދާނެ އުނދަގޫތަކާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ދިވެހި ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށެވެ.
އެހެންކަމުން ކުރިން އެންގުމަކާނުލައި އެއްވުން ހުއްދަތަންތަން ފިޔަވައި އެހެންތަންތަނުގައި އެއްވުން ކުރިއަށް ނުގެންދިއުމަށާއި، އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެ އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް އަންގާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި އެއްވުމުގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.







