މާލެ: 31°C
ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލީ މާލެއިން ނުފުރޭ ގޮތަށް

ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލީ މާލެއިން ނުފުރޭ ގޮތަށް

May 8, 2024
3 ފަހަރު ބަލާފައި
ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލީ މާލެއިން ނުފުރޭ ގޮތަށް
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި އިއްޔެ ޕަސެންޖަރަކާއި އެއާޕޯޓްގެ ދެ މުވައްޒަފަކާއި ދެމެދު ހިންގި މާރާމާރީގައި ހައްޔަރުކުރި ބިދޭސީމީހާ ދޫކޮށްލީ ރާއްޖެއިން ނުފުރޭ ގޮތަށް ކަމަށް އެނގިއްޖެއެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ފުލުހުން އެ މައްސަލައިގެ ތަހުގީގު ނިންމަން ދެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން އެއްވެސް ތަނަކަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި ގާނޫނީ ކުށެއް ނުކުރުމަށާއި ތަހުގީގުގެ ބޭނުމަށް ހާޒިރުވާން ފުލުހުން އަންގައިފި ނަމަ އެކަން ކުރުމަށް ވެސް ކޯޓުން ވަނީ އެމީހާއަށް ޝަރުތު ކޮށްފައެވެ. އެ މަންޒަރު ދުއް މީހެއް ބުނި ގޮތުގައި އެމީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން ކަމަށެވެ. އަދި އެއީ އެމެރިކާގެ ޕާސްޕޯޓް އޮތް މީހެއް ކަމަށާއި އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ އަބޫދާބީ އަށް ކަމަށް ވެސް ވަނީ އެނގިފައެވެ. މި މާރާމާރީ ހިންގި ވަގުތު ނަގާފައިވާ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ގޮސް ފުރަތަމަ ޖަހަނީ އެއާލައިން ސްޓާފެއްގެ މޫނު މަތީގައެވެ. އަދި އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ޖަހައި ކޮށްފާލާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ. އެއަށް ފަހު އޭނާ ހުއްޓުވަން އެއާޕޯޓް ސެކިއުރިޓީގެ މުވައްޒަފުންނާއި އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން މަސައްކަތްކޮށް އޭނާ ސަރަހައްދުން ދުރަށް ގެންދާ މަންޒަރު ވެސް ފެނެއެވެ. މި ހާދިސާ ހިންގި ވަގުތު އެތަނުގައި ފުލުހުންގެ ސެކިއުރިޓީއެއް ނެއެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މި މާރާމާރީ ނިމުން ފަހުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ