
މިނިސްޓަރު ފައިސަލް ހުކުރަށް ވަޑައިގެންނެވުމުގެ ކުރިން ދޫކޮށްލެއްވި މެސެޖް: އެންމެ މޮޅު މީހާއަކީ އަނެކާއަށް އިހުތިރާމްކުރާ މީހާ
މިނިސްޓަރު ފައިސަލް ހުކުރަށް ވަޑައިގެންނެވުމުގެ ކުރިން ދޫކޮށްލެއްވި މެސެޖް: އެންމެ މޮޅު މީހާއަކީ އަނެކާއަށް އިހުތިރާމްކުރާ މީހާ
ލިޔުން:
މި ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކުގެ ލޯ އެންމެބޮޑަށް އަމާޒުވާ އެއް މިނިސްޓަރަކީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ. ހާއްސަ ގޮތެއްގައި މިނިސްޓަރު ފައިސަލް ޕޯޑިއަމަށް އަރައި އިނގިރޭސިބަހުން ދައްކަވާ ވާހަކަފުޅުތަކަށް އެ ބޭބޭފުޅުން ހާއްސަ ސަމާލުކަމެއް ދެއްވައެވެ.
އެންމެފަހުން ރާއްޖެއިން ބޭރުގައި ބޭއްވި ޓޫރިޒަމް އިވެންޓެއްގެ ތެރެއިން އިންޑިއާގެ މީޑިއާތަކަށް ދެއްވި ބަސްދީގަތުންވެސް ވެގެންދިޔައީ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވަރަށްބޮޑު ޖޯކަކަށްވެގެން ދިޔަ ކަމަކަށެވެ. މިނިސްޓަރު ފައިސަލްގެ މި އިންޓަވިއުއާ ގުޅިގެން އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން މިނިސްޓަރުގެ އިނގިރޭސި ބަސްމޮށުންތެރިކަމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ.
މީގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު ފައިސަލްގެ އެބާވަތުގެ ކަންކަން އެންމެ ގާތުން ބައްލަވާ ހަޖޫޖަހަމުން ގެންދަވާ ކުރީގެ ޔޫތް މިނިސްޓަރު އަދި ކުރީގެ ރައީސް ޔާމީނުގެ ސިޔާސީ ޕާޓީގެ އިސް ހަރަކާތްތެރިޔާ،. މުހައްމަދު މަލީހް ވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ފެއާތަކުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ފައިސަލް ދެއްވާ އިންޓަވިއުތަކާއި ޕޯޑިއަމްތަކަށް އަރާ ދައްކަވާ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ އަގު ވެއްޓިގެންދާކަމަށް މާނަ ދޭހަވާ މޭރުމަކުން އެކްސްގައި ވާހަކަ ދައްކަވާފައެވެ.
މިގޮތުން ޓޫރިޒަމް މިނިސްޓަރަކަށް ފައިސަލް އައްޔަނުކުރިގޮތަށް ފޮރިން މިނިސްޓަރަކަށް އައްޔަނުކުރަން އެންމެ އައުލާކަން ބޮޑުވެގެންވަނީ ފައިސަލްގެ ބައްޕަ ޢަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.
https://twitter.com/maleehjamal/status/1788594609645371674
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކޮޅުނެތްކޮޅަށް ހަޖޫ ޖަހަމުން ގެންދިޔަނަމަވެސް މިނިސްޓަރު ފައިސަލް މިހާތަނަށްވެސް ހުންނެވީ ހަނެވެ.
ނަމަވެސް މިނިސްޓަރު ފައިސަލް މިއަދު ހުކުރަށް ދިއުމަށް ގެއިން ނިކުމެ ވަޑައިގެންނެވުމުގެ ކުރިން ވަނީ، މަލީހް ކުރެއްވި ޕޯސްޓަކާ ގުޅުވައިގެން އެކްސްއަށް މެސެޖެއް ދޫކޮށްލައްވާފައެވެ. މި މެސެޖްގައި މިނިސްޓަރު ފައިސަލް ވަނީ މަލީހް ކައިރިން މިހާތަނަށް ދިޔަ ސަރުކާރުތަކުގައި މިނިސްޓަރު ކަމުގައި ހުންނެވިއިރު ވަކި މޮޅުކަމެއް ކުރެއްވިފައިވޭތޯ ސުވާލު ކުރައްވާފައެވެ.
މަލީހް މަތީ ތައުލީމް ހާސިލްކުރެއްވީ އެމެރިކާއިންނެވެ. އޭނާއަކީ ޓޫރިޒަމް ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި، އެދާއިރާގެ ތަޖުރިބާކާރެކެވެ. މަލީހަށް ނިސްބަތްކުރައްވައި މިނިސްޓަރު ފައިސަލް ވިދާޅުވެފައިވަނީ، މޮޅެތި މީހުންނަކީ އަނެކާއަށް އިހުތިރާމް ކުރާ މީހުން ކަމަށެވެ. އެމަނިކުފާނާ ގުޅުވައިގެން ކޮންމެ ގޮތަކަށް ވާހަކަ ދެއްކެވި ނަމަވެސް ފަހަތަށް ޖެހިވަޑައިގަތުމެއް ނެތްކަމަށާއި، މަލީހް އަދި ޖަމީލަށްވެސް މިއަދު އޮތީ މިއަދުގެ ސިޔާސީ ހަޤީޤަތް ގަބޫލުކުރައްވައިގެން ތިއްބެވުން ކަމަށެވެ.
https://twitter.com/lasiaF969/status/1788832070665470360
މިނިސްޓަރު ފައިސަލް ވިދާޅުވީ ތެދުފުޅެކެވެ. ޕޯޑިއަމްތަކުގައި އިނގިރޭސިބަހުން ދައްކަވާ ވާހަކަފުޅުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ހަޖޫޖެހި ނަމަވެސް، ފަސް އެނބުރި ބެލުމެއްނެތި އެމަނިކުފާނު ވަޑައިގަންނަވަނީ ކުރިއަށެވެ. އަދި އެހެނެއް ކަމަކު ދެއްވާ ބަސްދީގަތުންތައް ދިވެހި ބަހަށް ބަދަލެއް ނުކުރައްވައެވެ. އަދި ބަދަލުގައި އެކަން އެހެން މީހަކަށްވެސް މަތި ނުކުރައްވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
