މާލެ: 31°C
ތައިލެންޑްގެ ޖަލުން މިނިވަންވި ދިވެއްސަކު ރާއްޖެ ނުގެނެވި ތިންމަސް ޑިޓެންޝަނުގައި!

ތައިލެންޑްގެ ޖަލުން މިނިވަންވި ދިވެއްސަކު ރާއްޖެ ނުގެނެވި ތިންމަސް ޑިޓެންޝަނުގައި!

March 22, 2024
2 ފަހަރު ބަލާފައި
ތައިލެންޑްގެ ޖަލުން މިނިވަންވި ދިވެއްސަކު ރާއްޖެ ނުގެނެވި ތިންމަސް ޑިޓެންޝަނުގައި!

ތައިލެންޑްގެ ޖަލުން ސަލާމަތްވި ދިވެއްސަކު ރާއްޖެ ފޮނުވުމުގައި ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ނުރަނގަޅު އިޖުރާތްތަކެއްގެ ތެރެއިން އޭނާ ތައިލެންޑްގެ އިމިގްރޭޝަން ޑިޓެންޝަނުގައި ހުންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ލ. މުންޑޫއިން އެއަތޮޅު ގަމަށް ބަދަލުވި މީހުންގެ ތެރޭގައި ހިމެނޭ ޒަރީރު ނަމަކަށް ކިޔާ މީހަކު ރާއްޖެ ނާދެވި ތައިލެންޑުގެ ޑިޓެންޝަނުގައި ތާށިވެފައި ހުންނަން ޖެހުނީ އެމްބަސީން އެއާލައިންތަކަށް ފޮނުވަން ނުޖެހޭ ލިއުމެއް ފޮނުވުމުން، ޒަރީރަކީ ހައި ރިސްކް ފަސަންޖަރެއް ކަމަށް އެއާލައިންތަކުން ކަނޑައެޅުމުން ކަމަށް މައުލޫމާތު ލިބެއެވެ. 

ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ޖަލުން މިނިވަންވެ، މިހާރު އެއްވެސް ކުށެއްނެތި ޒަރީޒު އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ޑިޓެންޝަނުގައި ހުންނަން ޖެހުމަކީ އާއިލާއަށާއި ގާތްމީހުންނަށް އޮތް ކަންބޮޑުވުމެކެވެ.

އިމަޖެންސީ ޓްރެވެލް ޑޮކިއުމަންޓަކާއި ވަން ވޭ ޓިކެޓެއްގެ އިންތިޒާމް އެމްބަސީ މެދުވެގެން ހަމަޖެއްސުމަށްޓަކައި މިނިވަންވި ޒަރީރުގެ ކުށުގެ ރެކޯޑުގެ އާކައިވް އެމްބަސީން އެއާލައިންތަކާ ހިއްސާކުރުމަކީ އެމްބަސީން އަމަލުކުރި ގޯސް އިޖުރާއަތެއް ކަމަށް އޭނާގެ ގާނޫނީ ވަކީލު އާއިލާއަށް މައުލޫމާތު ދީފައިވެއެވެ.

އޭނާ މިނިވަންވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށްލާފައި ހުއްޓާ ތައިލެންޑްގެ ރަސްގެފާނުގެ މާފެއްގެ ދަށުންނެވެ. މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ