
ގަވަރުނަރުކަމުގެ މަޤާމަށް މުނައްވަރު އައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފި
ގަވަރުނަރުކަމުގެ މަޤާމަށް މުނައްވަރު އައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފި
ލިޔުން:
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމުގެ މަޤާމަށް ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަޙްމަދު މުނައްވަރު އައްޔަން ކުރެއްވުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމުގެ މަޤާމަށް އައްޔަނުކުރުމަށް މުނައްވަރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިދިޔަ ހަފްތާގައެވެ. ގަވަރުނަރުގެ މަޤާމަށް މުނައްވަރު އައްޔަނުކުރުމަށް ފެންނަކަމަށް 78 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. މާލިއްޔަތު ކޮމިޓީންވެސް ވަނީގަވަރުނަރުކަމުގެ މަޤާމަށް މުނައްވަރު އައްޔަނުކުރުމަށް ފެންނަކަމަށް ރުހުންދީފައެވެ. މާލިއްޔަތު ކޮމިޓީން ވަނީ މުނައްވަރުއާ އިންޓަވިއުވެސް ކޮށްފައެވެ.
ގަވަރުނަރުކަމުގެ މަޤާމަށް އައްޔަނުކުރުމަށް މަޖިލީހުން ފާސްކުރި އަހުމަދު މުނައްވަރަކީ، މިހާރު، ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެކެވެ. މުނައްވަރު މާލީ ވަޒީރުގެ މަޤާމު ފުރުއްވާފައިވަނީ ރައީސް ޔާމީނު ސަރުކާރުގައެވެ. މުނައްވަރު ވަނީ މީގެ ކުރިން މަރުކަޒީ ބޭންކުގައިވެސް 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެވެ.
މުނައްވަރުގެ ތައުލީމީ ހަޔާތަށް ބަލާއިރު، އޭނާ ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ މެކުއާރީ ޔުނިވަރިސިޓީން މާސްޓަރސް އޮފް އިކޮނޮމިކްސް ހައްދަވާފައެވެ. މާސްޓާސް ހެއްދެވިއިރު ހާއްސަވި ދާއިރާތަކުގެ ތެރޭގައި ފިނޭންސް، އަދި މަނިޓަރީ އިކޮނޮމިކްސް ފާހަގަކޮށްލެވެއެވެ.
ގަވަރުނަރުކަމުގެ މަޤާމަށް މުނައްވަރު އައްޔަނުކުރުމަށް ނިންމީ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ހާޝިމް މަޤާމުން ވަކިކުރެއްވުމަށް ފަހުއެވެ. ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރެއްވުމަށް މާލިއްޔަތު ކޮމިޓީން ނިންމެވީ، ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ޒިއްމާތައް އަދާކުރައްވަމުން ނުދާތީކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ބުނެފައެވެ.
މިގޮތުން އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިއްމާތައް ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރެވިފައިނެތްއިރު، މަނިޓަރީ ޕޮލިސީވެސް އެކަށީގެންވާ ގޮތެއްގައި ހިންގެވިފައިނެތްކަމަށް މާލިއްޔަތު ކޮމިޓީގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ.
ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަނުކުރައްވާފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަލީ ހާޝިމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
