މާލެ: 31°C
20 ވަނަ މަޖިލީހުގެ 93 މެންބަރުން ހުވާކުރައްވައިފި

20 ވަނަ މަޖިލީހުގެ 93 މެންބަރުން ހުވާކުރައްވައިފި

May 28, 2024
3 ފަހަރު ބަލާފައި
20 ވަނަ މަޖިލީހުގެ 93 މެންބަރުން ހުވާކުރައްވައިފި
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި 93 މެންބަރުން މިއަދު ހުވާ ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މެމްބަރުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ހުވާކުރެއްވުމާ ގުޅިގެން ކޮންމެ މެމްބަރަކު ވެސް ވަނީ އިގުރާރުގައި ސޮއިކުރައްވައިފައެވެ. މެންބަރުން ހުވާ ކުރެއްވުމަށްފަހު ދެން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ ކުރިއަށްގެންދިއުމެވެ. މި ޖަލްސާ ބާއްވަން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 10:15 ގައެވެ. މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި މިހާރު ވެރިކަން ކުރާ ޕާޓީ ޕީއެންސީން އެކަނި 66 ގޮނޑި ކާމިޔާބުކޮށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އެގޮތުން އެޕާޓީން ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބުރައީސްގެ މަގާމަަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމް ހޮވުމަށް ނިންމާފައެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިބޭނީ 12 މެންބަރުންނެވެ. އަދި އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ އަދި އެމްއެންޕީގެ މެންބަރެއް މަޖިލީހުގައި އިންނާނެއެވެ. އަދި އަމިއްލަ 2 މެންބަރުން ތިބޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ