މާލެ: 31°C
ކިއުގައި އުސޫލެއް ނެތްކަމަށްބުނެ ފިޔާބެހުން މެދުކަނޑާލުމުން އާއްމުން ރަތަށް

ކިއުގައި އުސޫލެއް ނެތްކަމަށްބުނެ ފިޔާބެހުން މެދުކަނޑާލުމުން އާއްމުން ރަތަށް

May 26, 2024
3 ފަހަރު ބަލާފައި
ކިއުގައި އުސޫލެއް ނެތްކަމަށްބުނެ ފިޔާބެހުން މެދުކަނޑާލުމުން އާއްމުން ރަތަށް
ޗައިނާގެ ޗެމްބަރ އޮފް ކޮމާސްގެ އެހީގައި ހަދިޔާކުރި ފިޔާ ހޯދަން ގިނަ އަދަދެއްގެ އާއްމުން ކިއުގައި ތިއްބައި ފިޔާބެހުން މެދުކަނޑާލައިފިއެވެ. ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ ހިޔާ 4 ވަނަ ޓަވަރުގައި ކިއޫ ތަރުތީބުންނެވެ. ފިޔާ ބެހުމުގެ މަސައްކަތާ ހަވާލުވެފައިވަނީ ކޮމޮނާޒް އެމްވީކިޔާ އަމިއްލަ ޖަމިއްޔާއަކުންނެވެ. ފިޔާ ބެހުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިއަދު ހަވީރު އަތަށް އެޅިއިރު ޓަވަރު 4 ގައި ފިޔާ ހޯދުމަށް ހަދާލި ކިއޫގައި ގިނަ ބަޔަކު ތިބިއިރު، މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ފިޔާ ބެހުން މެދުކަނޑާލާފައެވެ. ފިޔާބެހުން މެދުކަނޑާލުމުން ކިއޫގައި ތިބި ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ކޮމޮނާޒް އެމްވީގެ އޮފިޝަލަކު ވިދާޅުވީ ފިޔާ ބެހުން މެދުކަނޑާލަން ޖެހުނީ ކިއު ހެދުމުގައި އުސޫލެއް ނެތުމުން ކަމަށެވެ. [caption id="attachment_102806" align="alignnone" width="800"] ފިޔާބެހުން މެދުކަނޑާލުމަށްފަހު ފިޔާތައް ލޮރީއަށް އަރުވަނީ... ފޮޓޯ/ މިނިވަން[/caption] ފިޔާ ބެހުން އެވަގުތަށް ހުއްޓާލިނަމަވެސް އެ ޖަމިއްޔާއިން ވަނީ ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ބުނެފައެވެ. [caption id="attachment_102803" align="alignnone" width="800"] ފިޔާ ބެހުން މެދުކަނދާލުމުން ކިއުގައި ތިބި ބަައެއްމީހުން ޓަވަރުތެރޭގައި... ފޮޓޯ/ މިނިވަން[/caption] ނަމަވެސް ފަހުން ކިއޫގައި ތިބި އެންމެން ކަހަލަ ގޮތަކަށް ވަނީ ކިއޫ ދޫކޮށް ފިޔާ ބަހާ ސަރަހައްދަށް ޖަމާވެ ނުރުހުން ފާޅުކުރަން ފަށާފައެވެ. ކޮމޮނާޒް އެމްވީން ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެސްޓިއޯ،އެޗްޑީސީ، އަދި ވެމްކޯއާ ގުޅިގެންނެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާ ޓަވަރުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް 44 ޓަނުގެ ފިޔާ ބެހުމަށް ވަނީ ނިންމާފައެވެ. ކޮމޮނާޒް އެމްވީން ބުނާގޮތުގައި އަސުރުވަގުތު ވުމުގެ ކުރިން ޓަނަކަށްވުރެ ގިނަ ފިޔާ ވަނީ ބަހާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ