މާލެ: 31°C
ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގައި ހުރި ފިތުރޯނު ގަސްތަކެއް ވެއްޓިއްޖެ

ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގައި ހުރި ފިތުރޯނު ގަސްތަކެއް ވެއްޓިއްޖެ

May 23, 2024
2 ފަހަރު ބަލާފައި
ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގައި ހުރި ފިތުރޯނު ގަސްތަކެއް ވެއްޓިއްޖެ
ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގައި އިންދާފައި ހުރި ބޮޑެތި ފިތުރޯނު ގަސްތަކެއް ވެއްޓިއްޖެއެވެ. ހުޅުމާލޭގެ ފިތުރޯނު މަގުގައި ހުރި ފިތުރޯނު ގަސްތަކެއް ވެރިފައިވަނީ ރޭ ފަތިހުގެ ވަގުތުގައި ވިއްސާރަވެ، އާދައާހިލާފަށް އައި ބާރުގަދަ ކޮޅިގަންޑެއްގައެވެ. ފިތުރޯނު މަގުގައި ހުރި ބޮޑެތި ހަތަރު ފިތުރޯނު ގަހެއް މަގުމައްޗަށް ވެއްޓިފައިވީ ނަމަވެސް، އެކަމުގެ ސަބަބުން މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގަސްތައް ވެރިފައި ހުރި ސަަހައްދުގައި ޕާކްކޮށްފައި ހުރި ބައެއް ސައިކަލުތަކަށް ވަނީ ގެއްލުންވެފައެވެ. ބައެއް ގަސްތައް މުލުން ލުހިފައިވާއިރު، އަނެއްބައި ގަސްތައް ބުޑާ ހިސާބުން ބިންދައިގެން ގޮސްފައިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެގޮތުން، އެޗްޑީސީން މިހާރު އަންނަނީ އެ ސަރަހައްދުގައި ވެއްޓިފައި ހުރި ގަސްތައް ނަގައި އެތަން ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރޭ ހުޅުމާލެއަށް ކުރި ވިއްސާރައިގައި އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ގަސްތަކުގެ ގޮފިތައް ބިންދައިގެން މަގުމައްޗަށް ވެއްޓިފައިވެއެވެ. އަދި ބައެއް ގަސްތައް ވެރި ޕާކްކޮށްފައި ހުރި ސައިކަލުތަކަށް ގެއްލުންވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ