މާލެ: 31°C
ސައިބަ ކްރައިމްގެ ނުރައްކާ ރާއްޖެއަށް ބޮޑު: އިހްސާން

ސައިބަ ކްރައިމްގެ ނުރައްކާ ރާއްޖެއަށް ބޮޑު: އިހްސާން

May 23, 2024
3 ފަހަރު ބަލާފައި
ސައިބަ ކްރައިމްގެ ނުރައްކާ ރާއްޖެއަށް ބޮޑު: އިހްސާން
އެހެނިހެން ގިނަ ގައުމުތަކެކޭ އެއްގޮތަށް ސައިބަރ ކްރައިމްގެ ނުރައްކާތައް ކުރިމަތި ވެފައިކަމަށް މިނިސްޓަ ފޯ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ގަތަރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވަނީ އަދުގެ ޒަމާނުގައި ޑިޖިޓަލް ކަނެކްޓިވިޓީ އެއްވެސް ހުރަހެއް ނެތި ލިބެމުންދާއިރު، ބައިނަލްއަގުވާމީ ދުނިޔޭގައި ބޮޑުވަމުންދާ މައްސަލައެއްކަމަށްވާ ސައިބަ ކްރައިމްގެ މައްސަލަ ރާއްޖޭގައިވެސް އިތުރުވަމުންދާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. މިނިސްޓަ އިހުސާން ވިދާޅުވީ، އެފަދަ ކުށްތަކުގެ އަސަރު މުޅި މުޖުތަމައަށް ކުރާކަމަށާއި އިގްތިސާދަށާއި މުޖުތަމައުގެ ރައްކައުތެރި ކަމަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކު ރާއިރު ވަކިވަކި ފަރުދުންނަށްވެސް އެކަމުގެ ނުރައްކާތައް ހުރިކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ސައިބަ ކްރައިމްގެ ސަބަބުން ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތުތަކުގެ ރައްކާތެރިކަމުގެ އިތުރުން މާލީ ރައްކާތެރިކަމަށް ވެސް ނުރައްކާތައް ކުރިމަތިވެގެންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވިޔަފާރިތަކާއި ރާއްޖޭގެ ސަރުކާރުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެއްދުމަށް ޖާގަ ލިބިގެން ދާކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އިހުސާން ވިދާޅުވީ، ޝަޙްސު އޮޅުވާލުމުގެ މައްސަލަތަކުން ފެށިގެން އޮންލައިން ސްކޭމްތަކުންވެސް ލިބިގެންދާ ގެއްލުންތައް އިންތިހާ ބޮޑުކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ރާއްޖެއަކީ އާންމު ދިރިއުޅުމަށާއި ސަރުކާރުގެ ހިންގުންތެރިކަމުގެ އިތުރުން މާލީ މުއާމަލާތްތައް ކުރުމުގައިވެސް ޒަމާނީ ވަސީލަތްތަކަށް ބަރޯސާވެފައި އޮތް ގައުމެއް ކަމަށް ވުމުން ސައިބަ ހަމަލާއެއް ދިނުމުގެ ސަބަބުން ފާހަގަ ކުރެވޭ ވަރަށް ގެއްލުންތައް ލިބިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ސައިބަ ކްރައިމްގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މުއާމަލާތްތައް ކުރުމަށް އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށާއި އީޖާދީ މަސައްކަތްތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅިގެން ދާކަމަށް ވެސް ހިއްސާކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން އިގްތިސާދަށްވެސް ނޭދެވޭ އަސަރު ކުރާކަމަށެވެ. އެހެންނަމަވެސް ރާއްޖެ އޮތީ ސަލާމަތް ނުވެވޭ ހާލަތެއްގައި ނޫންކަމަށާއި ތައުލީމާއި އިލްމު އަދި ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް މެދުވެރިކޮށް ރާއްޖެއިން ދަނީ ސައިބަ ހަމަލާތަކާއި ދެކޮޅަށް ދިފާއީ އިންތިޒާމުތައް ވަރުގަދަ ކުރަމުން ކަމަށާއި ރާއްޖޭގެ ސަރުކާރުންދަނީ އެފަދަ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްތައް ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ