މާލެ: 31°C
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

May 22, 2024
3 ފަހަރު ބަލާފައި
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ހޯދަމުންދަނީ ގ. މުޖުމަރާގޭ އަބްދުﷲ ނިޔާޒްު، 51، އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 28 ވަނަ ދުވަހުގެ 14:00 އަށް އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ