
ދީމާ އަށް މަރުޙަބާ ކިޔުމުގެ ގޮތުން މިއަދު ހާއްސަ އިވެންޓެއް ބާއްވަނީ
ދީމާ އަށް މަރުޙަބާ ކިޔުމުގެ ގޮތުން މިއަދު ހާއްސަ އިވެންޓެއް ބާއްވަނީ
ލިޔުން:
ރާއްޖެއިން ފުރަތަމަ ފަހަރަށް އޮލިމްޕިކްސް އަށް ކޮލިފައިވި އެތުލީޓު، ފާތިމަތު ދީމާ އަލީ އަށް މަރުހަބާ ކިޔުމުގެ ގޮތުން މިއަދު ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
ދީމާގެ ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކިޔުމުގެ ގޮތުން ސްޕޯޓްސް މިނިސްޓްރީން އިންތިޒާމްކުރާ މި ހާއްސަ ހަރަކާތް އޮންނާނީ މިއަދު މެންދުރު ފަހު 2:00 ގައި ސޯޝަލް ސެންޓަރުގައެވެ.
އެގޮތުން، ވީހާ ވެސް ގިނަ ބަޔަކު ރަތް ކުލައިގެ ހެދުމުގައި ދީމާއަށް މަރުހަބާ ކިޔުމުގައި ބައިވެރިވުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.
މިއަހަރުގެ ޖުލައި މަހު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވީ ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ. އެހެންކަމުން ދީމާ ވެގެންދިޔައީ އޮލިމްޕިކްސް ގޭމްގައި ރާއްޖެ ވާދަކުރާ ފުރަތަމަ އެތުލީޓުގެ އިތުރުން، އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ދީމާ އަކީ އިންޑިވިޖުއަލް ކުޅިވަރުތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ޅަ އުމުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުންތެރިޔެކެވެ. ދީނާ ވަނީ އިންޑިއަން އޯޝަން ގޭމްސްއާއި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ މީގެކުރިން ތަމްސީލުކޮށް ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން، 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދާފައިވާއިރު، ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
