މާލެ: 31°C
ފޭސް ދޭއްގެ އަތިރިމަތީ ހުރި ހަޓްތައް އަނެއްކާވެސް ނަގަން އަންގައިފި

ފޭސް ދޭއްގެ އަތިރިމަތީ ހުރި ހަޓްތައް އަނެއްކާވެސް ނަގަން އަންގައިފި

May 14, 2024
3 ފަހަރު ބަލާފައި
ފޭސް ދޭއްގެ އަތިރިމަތީ ހުރި ހަޓްތައް އަނެއްކާވެސް ނަގަން އަންގައިފި
ހުޅުމާލެ ފޭސް ދޭއްގެ 12 ވަނަ ޓަވަރާ ދިމާލު އަތިރިމަތީގައި އަމިއްލަ ފަރާތްތަކުން ޖަހާފައިވާ ހަޓްތައް ނަގަން އަނެއްކާވެސް އެޗްޑީސީން އަންގައިފިއެވެ. އެޗްޑީސީން ވަނީ މިދިޔަ އަހަރުގެ ނިވެމްބަރުމަހުގެ ތެރޭގައިވެސް ފޭސް ދޭއްގެ އަތިރިމަތީގައި ހުރި ހަޓްތައް ނެގުމަށް އަންގާފައެވެ. ނަމަވެސް އެތަނުގައި ހަޓްތައް ޖެހި މީހުން އެ ފަހަރުވެސް ހަޓްތައް ނަގާފައެއް ނުވެއެވެ. އެޗްޑީސީން މިއަދު ކުރި އާއްމު އިއުލާނެއްގައި ބުނެފައިވަނީ، ފޭސް ދޭއްގެ ރުއްގަނޑު 3 ހުސް ބިމުގައި ހަޓްތައް ޖެހި ފަރާތްތަކުން އެ ހަޓްތައް މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނަގައި އެ ސަރަހައްދު ސާފުކުރަން ޖެހޭނޭކަމަށެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހަޓްތައް ނުނަގައިފިނަމަ، އެޗްޑީސީގެ މުއައްޒަފުންގޮސް ހަތްތައް ނަގައި އެ ސަރަހައްދު ސާފުކުރާނޭކަމަށް އެޗްޑީސީން ބުންޏެވެ. އަދި ހަޓްތައް ނެގުމުގެ ތެރޭގައި އެތަނުގައި ހުރި އެއްޗަކަށް ގެއްލުމެއް ލިބުނު ނަމަވެސް އެ ކުންފުނިން ޒިންމާ ނުނަގާނޭކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ވަނީ މީގެ ކުރިންވެސް ހަޓްތައް ނެގުމަށް އަންގާފައެވެ. ނަމަވެސް ހަޓްތައް ޖެހި އެއްވެސް ފަރާތަކުން އެ ކުންފުނީގެ އެންގުމައް ތަބާވެފައެއް ނުވެއެވެ. ހަޓްތައް ހިންގާ ބައެއް ފަރާތްތަކުން އެތަނަށް އެކި އަދަދުތަކުން އިންވެސްޓްކޮށްފައިވާއިރު، ބައެއް މީހުން ހަޓްތައް ހިންގަނީ ބިދޭސީން ލައިގެންނެވެ. މިގޮތުން ބަންގާޅިންގެ އިތުރުން ދެކުނު އެފްރިކާގެ ޤައުމުތަކަށް ނިސްބަތްވާ މީހުންވެސް ހަޓްތަކުގައި ގެންގުޅޭކަން ފާހަގަކޮށްލެވެއެވެ. މިނިވަން ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އެތަނުގައި ހަޓްތައް ހަދައި ހަޓްތައް ފުޅާކުރުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ އެޗްޑީސީއަށް ނިސްބަތްވާ ބައެއް މުއައްޒަފުންގެވެސް އެއްބާރުލުމާއެކުގައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ