މާލެ: 31°C
ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ބީސީސީ އާއި ވިލާ ކޮލެޖް ގުޅިގެން މަސައްކަތް ކުރަނީ..

ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ބީސީސީ އާއި ވިލާ ކޮލެޖް ގުޅިގެން މަސައްކަތް ކުރަނީ..

May 14, 2024
2 ފަހަރު ބަލާފައި
ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ބީސީސީ އާއި ވިލާ ކޮލެޖް ގުޅިގެން މަސައްކަތް ކުރަނީ..
ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ވިޔަފާރިއާއި ގުޅުންހުރި އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ވިލާ ކޮލެޖުން ސޮއިކޮށްފިއެވެ. މިއަދު ހެނދުނު 10:00ގައި ވިލާކޮލެޖުގައި ބޭއްވި ރަސްމިއްޔާއެއްގައި މި ފަހުމުނާގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ، އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ސާމިހް އާދަމް އެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ، ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބެވެ. މި ފަހުމުނާގެ ދަށުން ދެފަރާތުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ދަރިވަރުންނަށް ވިޔަފާރިޔާ ގުޅުންހުރި ހުނަރުތައް ދަސްކޮށްދިނުމާއި، ބީސީސީން ފަންނީގޮތުން ވިޔަފާރިތަކަށް ފޮރުކޮށްދޭ އެކި ޚިދުމަތްތަކުގައި ވިލާކޮލެޖުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީސީސީން ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަ ކުރުމުގައްޔާއި ވިޔަފާރިއާ ގުޅުންހުރި ބައެއް ރިސާޗުތައް ހެދުމުގައިވެސް ދެ މުވައްސަސާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސް ވެފައެވެ. މީގެ އިތުރުން މުޖުތަމަޢުގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކާއި ގުޅިގެން ހޭލުންތެރިކަމުގެ އެކި ޕްރޮގްރާމްތަކާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި އެކި ކަންކަމުގައި ބޭނުންމާ މަޢުލޫމާތު އެއްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ކިޔަވާ ދަރިވަރުން ބޭނުންވާ އެކި މަޢުލޫމާތު އެއްކުރުމުގައި ދެ މުވައްޒަސާގެ ތަޖުރިބާއާއި ވަސީލަތްތައް ހިއްސާކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ފަހުމުނާމާ އަކީ ކުދި ވިޔަފާރިތައް ތަރައްޤީކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީސީސީން ކުރަމުންދާ މަސައްކަތައް ލިބިގެންދިޔަ އިތުރު ކުރިއެރުމެކެވެ. އަދި މިއީ ހުރިހާ ފަރާތެއް ޝާމިލްވާ ވިޔަފާރީގެ މާހައުލެއް ޤާއިމް ކުރުމަށް ބީސީސީން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަވުމަށް މަގުފަހިވާނެ ވެސް ކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ