
ފާތުމަތު ހަބީބާއަށް މަޖިލީހުން ރުހުންދީފި
ފާތުމަތު ހަބީބާއަށް މަޖިލީހުން ރުހުންދީފި
ލިޔުން:
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ފާތިމަތު ހަބީބާ (ފޮޓޯ) އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު މަޖިލިސް ޖަލްސާގައި ދެ ނަމަކަށް ވޯޓަށް އަހައިފައި ވެއެވެ. އެއީ އަބްދުލް ހަސީބު އިސްމާއިލާއި، ފާތިމަތު ހަބީބާގެ ނަމަށެވެ. ހަސީބުއަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 37 މެމްބަރުންގެ ތެރެއިން ހަސީބަށް ރުހުން ދޭން ވޯޓުދިނީ 18 މެމްބަރުންނެވެ. ރުހުން ނުދޭން 19 މެމްބަރުން ވޯޓު ދިނެވެ.
ހަބީބާއަށް ރުހުން ދިނުމާ މެދު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވަނީ އޭނާއަށް ރުހުން ދިނުމަށް ވޯޓު ދީފައެވެ.
ސީއެސްސީގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
މިހާރު އެކޮމިޝަންގައި ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު އާއި ނައިބު ރައީސް އިބްރާހީމް ރަޝީދުގެ އިތުރުބް މެންބަރު މުހައްމަދު ފަރުސަތު އަދު މެންބަރު ފާތިމަތު ޝަރީފުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
