
އެމްޑީޕީގެ ދިއްދޫ ސަޕޯޓަރުން ބުނަނީ ފަހަށް ނުޖެހި އެމްޑީޕީ ހަރަކާތްތެރިވާން ޖެހިއްޖެ ކަމަށް!
އެމްޑީޕީގެ ދިއްދޫ ސަޕޯޓަރުން ބުނަނީ ފަހަށް ނުޖެހި އެމްޑީޕީ ހަރަކާތްތެރިވާން ޖެހިއްޖެ ކަމަށް!
ލިޔުން:
2018 ވަނަ އަހަރުގެ ވެރިކަން ރައީސް ޔާމީނަށް ގެއްލިގެން ދިޔައީ ބާރުގަދަ ސަރުކާރެއް ހިންގަމުން ދަނިކޮށެވެ. މަޖިލިސްގެ ސުޕަރމެޖޯރިޓީ އޮތީ ސަރުކާރު ފަޅީގައި ރައީސް ޔާމިންގެ މުށުތެރޭގައެވެ. 2018 ވަނަ އަހަރު އެމް.ޑީޕީ ވެރިކަން ހޯދުމާއި އެކު ޖެހިގެން އައި 2019 ވަނަ އަހަރުގެ މަޖިލިސްގެ ސުޕަރމެޖޯރިޓީ އެމް.ޑީޕީ ހޯދިއެވެ. ޖެހި ޖެހިގެން 2 އިންތިހާބުން ބަލިވުމުން ޕީޕީއެމްގެ ލީޑަރ ސިޕް އިސްތިއުފާ ދީފައެއް ނުވެއެވެ.
މަދު މަޖިލިސް މެންބަރުން ކޮޅަކާއި އެކު މަޖލިސް ތެރޭގައި ޕީޕީއެމް ހަރަކާތްތެރި ވަމުން ދިއައެވެ. ޕީޕީއެން ޕީއެންސީ ހިތްވަރު ކޮށް މި ދިއްދޫގައި ވެސް ހަރަކާތް ތެރިވަމުން ދިޔައެެވެ. މުޅި ރާއްޖެއިން ހުރިހާ ގޮނޑީިތަކެއް ގެއްލިގެން ދިޔަ އިރު އަދި ހާއްސަ ކޮން ހއ އަތޮޅުގެ އެއްވެސް ގޮނޑިއެއް ސަރުކާރު ނޫން ބަޔަކަށް ލިބިފައި ނުވާ އިރު މި ދިއްދޫގެ އެމް.ޑީ.ޕީ މެންބަރުން ވިސްނަންވި ކަމަކީ މީ މިއަދުގެ ސަރުކާރުން ވެފައިވާ ތަރައްޤީ ޕުރޮޖެކްޓްތަށް ހިންގުމަށް ދީފައިވާ މަޖލިސް ގޮނޑިއެއް ކަމެވެ.
ހއ ދިއްދޫގެ އެއަރޕޯޓު އެޅުން 1200 ދުވަސް މާ ދިގެވެ. ދެން އެކަން ލަސްވެގެން ނުވާނެއެވެ. މަޖިލިސްގެ ސުޕަ މެޖޯރިޓީ އާއި އެކު އެއަރޕޯޓް އެޅުން 12 މަސް ދުވަހަށް އަވަސް ކޮށްދެން ޖެހޭނެއެވެ. ހޮސްޕިޓަލް މާދަމާ ވެސް ފަށަން ވީއެވެ. ބިންއޮތީ ކަނޑާފައެވެ. ޗައިނާގެ ސަރުކާރުން ސާރވޭކޮށް ފީޒިބިލިޓީ ހަދާ ފައިސާ ހަމަޖެހުނު ކަމަށް ބުނެއެވެ. އިންޓަނޭސަނަލް ސުޓޭޑީއަމް މިއަހަރުގެ ތެރޭގައި ފަށާ އަންނަ އަހަރުގެ ބޮޑު އީދުގައި އެއްލައްކަ ކަޕް ބާއްވަން ވީއެވެ.
ސަރުކާރު ނެތުމުން އެމް.ޑީޕީ އިސް ސަފުގައި ތިބި ކުރީގެ ވެރިންނާއި ބައެއް ވިޔަފާރި ވެރިން ފެއަށް ޖެހިލި ނަމަވެސް މި ދިއްދޫގައި އަދިވެސް އެންމެ ބޮޑު ޕާރޓީ އަކީ އެމް.ޑީޕީ ކަން މި ވަނީ މި އިންތިހާބްގެ ނަތީޖާއިން ސާބިތު ކޮށްދީފައެވެ. މި ޕާރޓީ އެކަނި ކުރި ހިތްވަރުން 900 އަށް ވުރެ ގިނަ ވޯޓާއި އެކު މި ދިއްދޫގައި އެމް.ޑީޕީ ބޮޑުކޮން އެބައޮތްކަން މިވަނީ ހާމަވެގެން ގޮސްފައެވެ.
ނެތިގެން ދިޔައީ މި ޕާރޓީގެ ތެރެއިން ނިކުމެގެން ދިޔަ ޑި މޮކްރެޓްސް އެވެ. މަޖލިސް އެންމެ ގޮނޑިއެއްވެސް ނުލިބި ރައްޔިތުންގެ މަސްވަރާ ހިންގާ ބޮޑު ފެންޑާ (މަޖިލިސްގައި) ތިޔަ ބުނާ ޑި މޮކްރެޓްސްގެ އެއްވެސް އަޑެއް ނީވޭނެވެ. އެހެން ނަމަވެސް އިދިކޮޅު ޕާރޓީގެ ހައިސިއްޔަތުން ގޮނޑި މަދުނަމަވެސް އެމް.ޑީޕީ މަޖލިސްގެ ތެރޭގައި ދިރި އެބަ އޮތެވެ. މާތް ﷲ ގެ އިރާދަފުޅުން އެންބުރި އަންނާނީ ގަދަ ކޮށެވެ.
މި ދިއްދޫގައި އެމް.ޑީ.ޕީގެ ތާއީދު އިތުރުކޮށް ސިޔާސީ ހަރަކާތް ވަރުގަދަ ކޮން ހިންގަމުންދާނެ ކަމުގެ ޔަޤީން ކަން އަރުވަމެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
