
ރައީސް ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގަތީ ހުސްގޮނޑި އާއި ވަކި ބޭފުޅެއްގެ ފޮޓޯ ދަައްކައިގެން ނޫންކަން ސާބިތުވެއްޖެ: ގާސިމް އިބްރާހީމް
ރައީސް ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގަތީ ހުސްގޮނޑި އާއި ވަކި ބޭފުޅެއްގެ ފޮޓޯ ދަައްކައިގެން ނޫންކަން ސާބިތުވެއްޖެ: ގާސިމް އިބްރާހީމް
ލިޔުން:
ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ކާމިޔާބު ލިބުނީ ވައި މީހެއްގެ ހުސްގޮނޑިއެއް ބަހައްޓައިގެން ނޫންކަން މިއަދު ކަށަވަރުވެއްޖެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލިސް އިންތިހާބުގައި މާމިނގިލީ ދާރީގެ ގޮނޑި އަނެއްކާ ވެސް ދިފާއުކުރެއްވި ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއިން ހޯދި ސްޕަރ މެޖޯރިޓީއަކީ އެ ޕާޓީގެ ރައީސް އޮނަރަބަލް ޑރ. މުހައްމަދު މުއިއްޒަށް ދިވެހިންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާހިތް އޮތީ، 2023 ގެ ރިޔާސީ އިންތިހާބު ވެސް އަދި އިއްޔެ އޮތް 2024 ގެ މަޖިލީސް އިންތިހާބު ވެސް ޕީއެންސީއަށް ކާމިޔާބު ވުމުގެ ފަހަތުގައި އޮތީ، ނުހަނު ހުތޫރަތްތެރި ހާލަތެއްގައި، ނުހަނު އިހްލާސްތެރި ކަމާއެކު ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތް ޕުޅުތަކުގެ ނަތީޖާ ކަން. އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް މުއިއްޒަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން ވަނީ އެނގިކަށަވަރުވެފައި." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ އިންތިހާބުން ބޮޑު ކާމިޔާބީއެއް ހޯއްދެއްވި އިރުގައި އެ އިންތިހާބުގެ އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއް ވެސް ނުވަތަ ވަކި ބޭފުޅެއްގެ ފޮޓޯ އެއްވެސް ބަހައްޓާފައިވަނިކޮށް ނުފެންނަ ކަމަށް ވިދާޅުވިއެވެ. ހަމަ މިއާއެކު، ހުސްގޮޑި ނިސްބަތްވާ ފަރާތް (ޔާމީން) ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި، ދަތިތައް މެދުކެނޑުމެއްނެތި ކުރިމަތިކުރައްވަމުން ގެންދެވި ކަމަށެވެ. އަދި ކުރައްވަމުން ގެންދަވާ ތުހުމަތުތަކާ އެފަދަ ހަޑިހުތުރު އަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން ވޯޓުގެ ނަތީއްޖާ އިން ވަނީ ދައްކުވައި ދީފައި ކަމަށް ގާސިމް ވިދާޅުވިއެވެ.
" މި ބޭފުޅުން (ޔާމީންގެ ޕާޓީ) އިން މަޖިލީހުގެ އިންތިހާބަށް ނެރުއްވި އެއްވެސް ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ވެފައި ނުވާކަމީވެސް ފެންނާން އޮތް ހަޤީޤަތެެއް. އަޅުގަނޑު އެދިގެން ނޫންނަމަވެސް، މި އިންތިހާބުގައި މާމިގިލީ ދާއިރާއަށް އަޅުގަނޑުވާދަކުރުމުން، އެދާއިރާއަށް ޕީއެންސީ އިން ކެނޑިޑޭޓަކު ނުނެރުއްވާ، އަޅުގަނޑަށް ތާއީދު ކޮށްދެއްވީތީ، ރައީސް ޑރ. މުޢިއްޒު އަށް ޝުކުރެއް އަރިސްކުރަން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހި ގައުމަށް އުޖާލާ މުސްތަގްބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެ މަތީ ތާއީދު ހުރިހާ ސިފައެއްގައި ވެސް ރައީސް މުއިއްޒު މިއަދު އެވަނީ ރައްޔިތުން އަރުވާފައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
